Saturday, 24 October 2026
Ads by

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހުގެ ތެރެއިން: ރައީސް

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހުގެ ތެރެއިން: ރައީސް

ރައީސް މުޢިއްޒު ދޮންފަނު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނަށް ބަދަލު ގެނެސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން މ. ނާލާފުށި ކައުންސިލުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފަކު، ޑިގްރީ ހާސިލުކޮށްގެން ތިބި މުވައްޒަފުންގެ މުސާރަ އޭގެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރައަށް ވުރެ ދަށްކަމުގެ ކަންބޮޑުވުން ހިއްސާކޮށް، ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައުމުގެ ވިސްނުންފުޅު ހުރިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ ކަމާ ގުޅުން ހުރި ޤާނޫނުގެ ތެރެއިން ކައުންސިލުތައް ގިންތިކޮށްފައި ވަނީ ވަރަށް ދަށްފަންތިއެއްގައި ކަމަށެވެ.

ސަރުކާރާއި ފިނޭންސް މިނިސްޓްރީން ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތްކުރި ނަމަވެސް ކައުންސިލުތައް ގިންތިކޮށްފައި ހުންނަ ގޮތުން އެކަން ކުރުމަށް ދަތިތަކެއް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ބޭނުންފުޅުވާ ކަމެއް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަން ކުރެވޭނީ އާމްދަނީ އިތުރުވެގެންނާއި އިޤުތިޞާދު ހަރުދަނާ ކުރެވޭ ވަރަކުން ކަމަށެވެ.

”ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ވަރަކުން، އިޤުތިޞާދު ހަރުދަނާކޮށް ވަރުގަދަކުރެވޭ ވަރަކުން، މުސާރަތައް ބޮޑު ކުރެވޭނީ،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމުގައެވެ. އެހެންނަމަވެސް، އެ މުވައްޒަފުންގެ މުސާރައަށް މިހާރަށް މިހާރަށް ހައްލެއް ގެނެވޭނީ މަޖިލީހުގެ ތެރެއިން ކަންތައްތަކެއް ކުރެވިގެން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި