Sunday, 26 July 2026
Ads by

ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް މުޅި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ

ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް މުޅި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ

ރާއްޖެއަށް ސިއްރުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާނެވެ.

Ad Image
Ads by

މިނިސްޓަރ އިޙްސާން ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެތެރެކުރާ މުދާ 100 އިންސައްތަ ސްކްރީން ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިގޮތުން، ކޮންޓެއިނަރުގައި ހުންނަ މުދާ ހުރިގޮތަށް، މުޅި ކޮންޓެއިނަރު އެއްކޮށް ސްކޭން ކުރެވޭނެ ނިޒާމެއް މާލޭގެ ވިޔަފާރި ބަނދަރުގައި ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރ ލަފާކުރެއްވިއެވެ.

”އޭރަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން މިހާރު މި ހިނގާ ސްމަގްލިންގްގެ ކަންތައްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ،“ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތަކުގައި ގަވާއިދު ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ވޭޕަކީ ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާ އެއްޗަކަށް ވާތީ، އެކަން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިޙްސާން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މީގެ ކުރިން އޮތް ހުރަސްތައް މިހާރު ވަނީ ނައްތާލެވިފައެވެ. ކުރިން ބައެއް ގަވާއިދުތައް އޮތްގޮތުން މިކަން ތަންފީޒުކުރުމުގެ ބާރު ހަމައެކަނި ސަރުކާރުގެ ބައެއް އިދާރާތަކަށް އޮތް ނަމަވެސް، މިހާރު ފުލުހުންނަށްވެސް އެ ބާރުދީ، މި މަސައްކަތުގައި ފުލުހުން އަމަލީގޮތުން ބައިވެރިވާނެއެވެ.

ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ”ތުރެޓް ބޭސްޑް އިންޓެލިޖެންސް“ ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާ ތަކެތި ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މީގެ ސަބަބުން މިހާރުވެސް ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގަނެވެމުންދާ ކަމަށާއި، މިއީ ލޯ އެންފޯސްމަންޓް އެޖެންސީތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނުގެ ދަށުން ކެފޭތަކާއި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ސަރަހައްދުތައް ބަލައި، ގާނޫނު ތަންފީޒުކުރުމަށް ފުލުހުން ހާއްސަ އިސްކަމެއް ދީގެން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި