Sunday, 26 July 2026
Ads by

ދުންފަތުގެ ވަބާއިން ޖީލުތައް ސަލާމަތްކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

ދުންފަތުގެ ވަބާއިން ޖީލުތައް ސަލާމަތްކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގައުމީ ކެމްޕެއިނެއް ސަރުކާރުން މިއަދު އިފްތިތާހުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ސްކޫލްތަކާއި އާއިލާތައް ހޭލުންތެރިކުރުވުމުގެ ފުޅާ ދާއިރާއެއްގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

Ad Image
Ads by

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޝްރޫޢާ ބެހޭ ތަފްސީލު ދެއްވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށިގެންދާނެ ކަމަށެވެ.

މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ދުންފަތުގެ ސަބަބުން ލިބޭ ސިއްޙީ ގެއްލުންތަކުގެ އިތުރުން، އިޤްތިޞާދީ ގޮތުން އާއިލާތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، ދުންފަތުން އެއްކިބާވެފައިވާ ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ސިއްޙީ ނިޒާމުގެ ތެރެއިން ބޭނުންވާ އެހީތެރިކަން ލިބޭނެ މަގުވެސް ފަހިކޮށްދެވޭނެއެވެ.

”އަޅުގަނޑުމެން އުއްމީދު މިކުރަނީ ދިވެހިރާއްޖެއަކީ ދުންފަތާ ބެހޭ މަޢުލޫމާތު ވަރަށް ފުރިހަމައަށް ލިބފައިވާ ޤައުމަކަށް ހެދުން،“ މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.

މި 5 އަހަރުގެ ގައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެށިގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ޚާއްޞަ އެވެއަރނެސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ނިންމުމަކީ ދިވެހި މުޖުތަމަޢުން ދުންފަތުގެ ވަބާ ނައްތާލައި، އަންނަން އޮތް ޖީލުތަކަކީ ސިއްޙީ ގޮތުން ލާބަހުރި ބައެއްގެ ގޮތުގައި ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި