Saturday, 24 October 2026
Ads by

އެމްޑީޕީއަށް ކުޑަ ބާރެއް ލިބުނީތީ ޢީދު ދުވަހު މާލެއިން ތަކުބީރުގެ އަޑު ކަނޑުވާލައިފި: އަރީޝް

އެމްޑީޕީއަށް ކުޑަ ބާރެއް ލިބުނީތީ ޢީދު ދުވަހު މާލެއިން ތަކުބީރުގެ އަޑު ކަނޑުވާލައިފި: އަރީޝް

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަރީޝް---

އިދިކޮޅު އެމްޑީޕީއަށް ކުޑަ ބާރެއް ލިބުނީތީ، މި އަހަރުގެ އަޟްޙާ ޢީދުގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިއްޖެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަރީޝް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަރީޝް މި މޭރުމުން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ސިޓީގައި ތަކްބީރުގެ އަޑު ކަނޑުވާލުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަރީޝް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ޢީދާ ގުޅިގެން މުޅި މާލެ ސަރަހައްދުގައި ތަކުބީރުގެ އަޑު ގުގުމާލާފައިވާ ކަމަށެވެ.

އަދި އޭރުގެ ޕީއެންސީގެ ކައުންސިލުން އެ ރިވެތި އާދަ މެދުކެނޑުމެއްނެތި ދަމަހައްޓަމުން އައިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ނަމަވެސް ކަންކަން މިހާރު ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ، އިދިކޮޅު އެމްޑީޕީއަށް ކުޑަވެސް ބާރެއް ލިބުމާއެކު މިފަދަ ދީނީ ރީތި އާދަތަކާ ދުރުވެ، ފަރުވާކުޑަވެގެންދާ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ އަޟްޙާ ޢީދުގައި މާލެ ތެރެއިން ތަކުބީރުގެ އަޑު މުޅިން ކެނޑިގެން ގޮސްފައިވުމީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ދެ ޢީދާ ދިމާކޮށް މާލޭގެ މަގުތަކާއި ގޯޅިތައް ކުލަބޮކިތަކުން ޒީނަތްތެރިކުރުމުގެ އިތުރުން، ލައުޑް ސްޕީކަރުތައް މެދުވެރިކޮށް ތަކުބީރުގެ އަޑު އިއްވުމުގެ ހަރަކާތްތައް އެންމެ ފުރަތަމަ ތައާރަފުކުރެއްވީ ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި