Wednesday, 9 September 2026
Ads by

ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލުތައް ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް: މެޑަމް ސާޖިދާ

ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލުތައް ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް: މެޑަމް ސާޖިދާ

ދުންފަތުގެ ނުރައްކާތެރި އަސަރުތަކުން ކުރިއަށް އޮތް ޖީލުތައް ސަލާމަތްކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން އުފައްދާ ދުންފަތުގެ ބާވަތްތަކާއި، އެ ނޫންވެސް އެފަދަ ގެއްލުންދެނިވި ތަކެތިން ޒުވާން ޖީލުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށެވެ. އަދި ނިކޮޓިންއަށް ދެވޭ ދެވިހިފުމުން ސަލާމަތްވެފައިވާ މިނިވަން މުޖުތަމައެއްގައި ދިރިއުޅުމުގެ ހައްގު ކޮންމެ ޒުވާނަކަށްމެ ލިބިގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖެއިން ތާރީޚީ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން، މެޑަމް ސާޖިދާ ވިދާޅުވީ މިކަމުގައި އާންމުން ހޭލުންތެރިކުރުވުމާއި، ތަޢުލީމު ދިނުމުގެ އިތުރުން އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

”އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ކޮންމެ ދިވެހި ރައްޔިތަކަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދީ، ދުޅަހެޔޮ ޖީލެއް ބިނާކުރެވިދާނެ،“ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަނީ ދުންފަތުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާމެދު މީހުން ހޭލުންތެރިކޮށް، ދުންފަތުގެ ސިނާއަތުން ފަތުރާ ނުރައްކާތަކުން އާންމުން، ހާއްސަކޮށް ޒުވާނުން ސަލާމަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި