Wednesday, 9 September 2026
Ads by

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް: ދުންފަތާ ދެކޮޅަށް ރާއްޖެއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް: ދުންފަތާ ދެކޮޅަށް ރާއްޖެއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަނީ

ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން، ދުންފަތާއި ނިކޮޓިންގެ ވަބާއިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

މި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން، އީ-ސިގިރޭޓް ނުވަތަ ވޭޕް ކުރުން ރާއްޖޭގައި މަނާކުރުމާއި، ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ”ޖެނެރޭޝަނަލް ބޭން“ ނުވަތަ ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރާ ގައުމަކަށް ރާއްޖެ ވުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒުވާނުންނަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ކުރާ މާކެޓިން ކެމްޕޭންތަކާއި، ރަހަ އެކުލެވޭ ނިކޮޓިން ޕައުޗް ފަދަ އާ ނުރައްކާތައް ދަނީ ފެންމަތިވަމުންނެވެ. މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ސަރުކާރުން އަބަދުވެސް ސަމާލުވެ އޮންނާނެ ކަމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދުތަކާއި، ގާނޫނީ އިސްލާހުތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދޭ ޚިދުމަތްތައް ފުޅާކުރުމާއި، ދުންފަތުގެ ދުން ނެތް ސަރަހައްދުތައް އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލެއްވީ، ދުޅަހެޔޮ، ދުންފަތުގެ އިސްތިއުމާލުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި