Wednesday, 9 September 2026
Ads by

މި ރޯދަ މަހު އުރީދޫން ހަދިޔާ ފޮއްޓާއި ޢުމްރާ ދަތުރެއް ލިބޭ ކުއިޒެއް

މި ރޯދަ މަހު އުރީދޫން ހަދިޔާ ފޮއްޓާއި ޢުމްރާ ދަތުރެއް ލިބޭ ކުއިޒެއް

މި ރޯދަ މަހު ހަދިޔާ ފޮއްޓާއި ޢުމްރާ ދަތުރެއް ލިބޭ ކުއިޒަކާ އަދި އިތުރު ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް އުރީދޫން ވަނީ ރާވާފައި - ފޮޓޯ:އުރީދޫ

ހަދިޔާ ފޮއްޓާއި ޢުމްރާ ދަތުރަކާ އަދި އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިމެނޭހެން އުރީދޫ މޯލްޑިވްސްއިން ރޯދަ ކެމްޕޭން ލޯންޗްކޮށްފިއެވެ.

Ad Image
Ads by

އުރީދޫން ބުނީ ރޯދަ މަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނާ ހަމައަށް ގިނަ ކަންތައްތަކެއް ދަނީ ގެނެސްދެމުން ކަމަށާއި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އިތުރު ޕްރޮމޯޝަންތަކާއި ހަރަކާތްތައް މި ރޯދަ މަހަށް ވެސް ވަނީ ރޭވިފައި ކަމަށެވެ. އެގޮތުން،

ހަދިޔާ ފޮށި: މިދިޔަ އަހަރު ތަޢާރަފު ކުރެވުނު ހަދިޔާ ފޮށި ވެގެން ދިޔައީ ކަސްޓަމަރުންގެ ތެރޭގައި މަޤުބޫލު ޕްރޮމޯޝަނަކަށް. މި އަހަރު ވެސް ކަސްޓަމަރުންނަށް ހަދިޔާ ފޮށީގައި ބައިވެރިވެވޭނެ. އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެ. ޑެއިލީ އަދި ވީކްލީ ލިބޭ ހަދިޔާތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނޭ.

ރޯދަ ހަދިޔާ: 500 ރުފިޔާއިން މަތީ ޑޭޓާ ޕެކް ނެގުމުން 60 އިންސައްތަ އާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި އޮފަރގައި ބައިވެވޭނެ.

ގިފްޓް އަ ޕެކް: ރޯދަ މަހުގެ ތެރޭގައި ފެށޭ މި އޮފަރގައި އެއް ކަސްޓަމަރުގެ ފަރާތުން އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭނެ.

ސުޕަރނެޓު އެކްޓިވޭޓް އެންޑް ވިން: އަލަށް ސުޕަރނެޓު ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް ޚާއްޞަ އިނާމެއް ލިބޭނެ. ކޮންމެ ހަފުތާއަކު ގްރޭޓަރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަންއިން ނަސީބުވެރިން ހޮވޭނެ.

އިފްތާރު ޕެކް ހަދިޔާ ކުރުން: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭނެ. މި ޕެކްތައް ބެހުމަށް ހަމަޖެހިފައި ވަނީ ބުރުޒު ކޭޓަރިންނާ އެކު މިސްކިތްތަކަށް.

ޕްރޭޔަރ އެލާޓް: އެކްޓިވޭޓް ކުރުމުން ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭނެ. މި ޚިދުމަތަށް އިތުރު އަގެއް ނުނަގާނެ.

ފިތުރު ޒަކާތް: އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކޭނެ.

މީގެ އިތުރުން މި ރޯދަ މަހު ތަޢާރަފުކުރާ ސީއެސްއާރު ޕްރޮގްރާމް ”އިސްރަށްވެހިންނާ އެކު“ ގެ އެކި ހަރަކާތްތައް މުޅި އަހަރަށް ބަހާލެވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައި ވަނީ މި ޤައުމާއި މުޖުތަމަޢު ކުރިއަރާފައި މި ވަނީ އިސްރަށްވެހިންގެ މިންނަތް މަސައްކަތުން ކަމަށެވެ. އަދި އެންމެންވެސް ދަންނަން ވާނެ ކަމަކީ، ޤައުމުގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން ކަމަށާއި އެ ފަރާތްތަކުން ކުރި މަސައްކަތްތައް ދެނެގަނެ، އުމުރުން ދުވަސްވީ ދުވަހު އަޅާލައި އެކި ކަންކަމުގައި ބައިވެރިކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި ރޯދަ މަހު އުރީދޫ މޯލްޑިވްސްއިން އިތުރަށް ކުރުމަށް ރާވާފައި ކަންތައްތަކުގެ ތެރޭގައި:

އިސްރަށްވެހިންނާ އެކު ރޯދަވީއްލުން: ޒުވާނުންނާއި އިސްރަށްވެހިންނާ އެކު ރޯދަވީއްލާ، ޚިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމުކުރެވޭ ރޯދަވީއްލުމެއް ބާއްވާނެ.

ރޯދަ ކުއިޒް: ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުގައި ބައިވެރިވެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް ޢުމްރާ ދަތުރެއް ލިބިގެންދާނެ. މިއީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕާއި އުރީދޫ ގުޅިގެން ދެވޭ ހަދިޔާއެއް.

އަތޮޅު ދުވުން: ލީޑަރބޯޑުގެ އެއްވަނައަށްދާ ފަރާތަކަށް ދެ މީހުންގެ އުމްރާ ދަތުރެއް ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕާއި އުރީދޫ ގުޅިގެން ހުށަހަޅާފައިވޭ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި