Saturday, 24 October 2026
Ads by

ލ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއަކަށް ހަދަން މިއަހަރު ހުށަހަޅަނީ

ލ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއަކަށް ހަދަން މިއަހަރު ހުށަހަޅަނީ

ލ. އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، އެކަމާ ގުޅޭ ހުށަހެޅުން ނުވަތަ ޕްރޮޕޯސަލް މިއަހަރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއަރ ރިޒާވާއި ނޭޗަރ ޕާކުތައް ގާއިމުކުރުމުގެ އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި ފުރުސަތު ހުޅުވާލުމާ ގުޅިގެން، ޝައުގުވެރިކަން ފާޅުކުރި އަތޮޅުތަކުގެ ތެރެއިން ލ. އަތޮޅާއި ޅ. އަތޮޅުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ލ. އަތޮޅު ބަޔޮސްފިއަރ ރިޒާވްއަކަށް ހެދުމަށް ބޭނުންވާ ފަންނީ ލިޔެކިޔުންތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި، އާންމުންގެ ޚިޔާލު ހޯދުމުގެ މަރުހަލާއެވެ.

”ބަޔޮސްފިއަރ ރިޒާވްއަކީ ހަޤީގަތުގައި ރައްޔިތުން ބޭނުންވެގެން ކުރާކަމެއް. ލ. އަތޮޅުގައި ދެން ކުރަން އޮންނަ ކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް. ކުރިން އިން ތިން ބަޔޮސްފިއަރ ރިޒާވްތައް ބަޔޮސްފިއަރ ރިޒާވްއަކަށް ވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދިން. ދެން ލާމު އަތޮޅުގައި ދެން އިން މަސައްކަތަކީ އެތަނުގެ ކޮމިއުނިޓީގެ ބަހެއް ހޯދުން،“ އެންވަރމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.

ލ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ވެސް ބަޔޮސްފިއަރ ރިޒާވްއަކަށް ބަދަލުކުރުމަށް ބޭނުންވާ ފަންނީ ދިރާސާތައް މިހާރު ކުރިއަށްދާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ދަރަޖަ ލިބިފައިވަނީ ބ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށެވެ. މިފަދަ ދަރަޖައެއް ލިބުމުން އެ ސަރަހައްދެއްގެ ގުދުރަތީ ވަސީލަތްތަކާއި ދިރުންތައް ހިމާޔަތްކުރުމުގެ ނިޒާމު ވަރުގަދަވެ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވެގެންދެއެވެ.

ބަޔޮސްފިއަރ ރިޒާވްގެ ދަރަޖަ ފުރަތަމަ ދެވެނީ 10 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އަލުން ސާވޭތައް ކުރުމަށްފަހު ޔުނެސްކޯއަށް ހުށަހަޅައިގެން އެ ދަރަޖަ ދަމަހައްޓަން ޖެހެއެވެ. މިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދެއްގެ މުއައްސަސާތަކާއި ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާނެއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި