Sunday, 26 July 2026
Ads by

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

Ad Image
Ads by

މިދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފެއްޓެވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. އާންމުގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ނުރަސްމީ ދަތުރުފުޅުތަކަކީ އަމިއްލަ ކަންކަމުގައާއި ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވެސް ނުރަސްމީ ދަތުރުފުޅުތަކެއްގައި ސިންގަޕޫރަށް ވަޑައިގެންފައިވެއެވެ. އެގޮތުން ކުރިން ކުރެއްވި ދަތުރުފުޅެއްގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހާލު އޮޅުންފިލުއްވާފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްވަރާތަކަށާއި، ދައުލަތުގެ އެކި މުނާސަބަތުތަކަށް ރަސްމީ ދަތުރުފުޅުތައް ކުރެއްވުމުގެ އިތުރުން، އަމިއްލަފުޅު ކަންކަމުގައި ނުރަސްމީ ދަތުރުފުޅުތައް ވެސް ކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި