Sunday, 25 October 2026
Ads by

ފެރިދޫގައި ބޭއްވި ”މަންފާ އީދު އުފާ“ ކާމިޔާބު މަދަހަ މުބާރާތަކާއެކު ނިންމާލައިފި

ފެރިދޫގައި ބޭއްވި ”މަންފާ އީދު އުފާ“ ކާމިޔާބު މަދަހަ މުބާރާތަކާއެކު ނިންމާލައިފި

މަންފާ ޖަމިއްޔާގެ ފަރާތުން މިއަހަރުގެ އަޟްޙާ އީދު ފާހަގަކުރުމަށް އއ. ފެރިދޫގައި ކުރިއަށް ގެންދިޔަ ”މަންފާ އީދު އުފާ“ ހަރަކާތްތައް، ކުލަގަދަ މަދަހަ މުބާރާތަކާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

ފެރިދޫ ކައުންސިލް އިދާރާގެ ހޯލުގައި ބޭއްވި މި މަދަހަ މުބާރާތަކީ އެ ރަށުގެ 15 އަހަރުން ދަށުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ، ތަފާތު ރީތި މަދަހަތަކެއް ވަނީ ހުށަހަޅައިދީފައެވެ.

އީދުގެ ހަރަކާތްތައް ނިންމުމަށް ބޭއްވި ޚާއްސަ ހަފްލާގައި، މަދަހަ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ވަނީ އަގުހުރި އިނާމުތަކެއް ބަހާފައެވެ. އެގޮތުން މުބާރާތުން އެއްވަނައަށް އައި ބައިވެރިޔާއަށް 2,500 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެއެވެ. ދެވަނައަށް އައި ބައިވެރިޔާއަށް 1,500 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވާއިރު، ތިންވަނައަށް ހޮވުނު ބައިވެރިޔާއަށް ދީފައިވަނީ 1,000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި ހަނދާނީ ލިޔުމެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހަނދާނީ ލިޔުމާއި ހަދިޔާ ބަހާފައެވެ.

މި މުބާރާތުގެ ތެރެއިން، މަދަހަ ކިޔުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ވަނީ މުހިންމު މައުލޫމާތުތަކެއް ދީފައެވެ. އެގޮތުން މަދަހަ މުބާރާތްތަކުގައި ބައިވެރިވާއިރު ވިސްނަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން އިބްރާހިމް ރަމީޒު ވަނީ ދަރިވަރުންނަށް އިރުޝާދު ދެއްވާފައެވެ. މަންފާ ޖަމިއްޔާއިން ބުނީ، ކުރިއަށް އޮތް ތަނުގައި ފެރިދޫގައި މިއަށްވުރެ ފުޅާދާއިރާއެއްގައި މަދަހަ މުބާރާތެއް ބޭއްވުމަށް މިހާރު އިއުލާނުކޮށްފައިވާ ކަމަށެވެ.

މަންފާ ޖަމިއްޔާއިން މިއަހަރުގެ ބޮޑު އީދު ރަސްމީކޮށް ފާހަގަކުރުމަށް ފެރިދޫ އިޚްތިޔާރުކުރިއިރު، އެ ރަށުން ވަނީ އެ ޖަމިއްޔާގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މިގޮތުން ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އީދު ދުވަހުގެ ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރެވެ. މިއީ މިހާތަނަށް އެ ރަށުގައި ބޭއްވުނު އެންމެ ކުލަގަދަ ކުޑަކުދިންގެ ހަވީރުކަން ފާހަގަކުރެވެއެވެ. އަދި ފެރިދޫގައި ބޭއްވި ބޮޑު އީދު ނަމާދު އިމާމުވެ ކުރެއްވީ އަލީ ރަމީޒެވެ.

މަންފާ ޢީދު އުފާ މަދަޙަ މުބާރާތުގެ ތެރެއިން..

މަންފާ ޖަމިއްޔާއިން އިތުރަށް ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ފެރިދޫގައި ދީނީ އެކި ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން އެ ރަށު ކައުންސިލާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި