Saturday, 24 October 2026
Ads by

20 މަސް ދުވަހު ގްރައުންޑްވެފައި އޮތް ’މަހާ ޖައްރާފު‘ އޮޕަރޭޝަނަށް ގެނެސްފި

20 މަސް ދުވަހު ގްރައުންޑްވެފައި އޮތް ’މަހާ ޖައްރާފު‘ އޮޕަރޭޝަނަށް ގެނެސްފި

މަހާ ޖައްރާފު: 20 މަސް ދުވަހަށްފަހު އަލުން އޮޕަރޭޝަނަށް ވަނީ ގެނެސްފައި - ފޮޓޯ:އެމްޓީސީސީ

ވިހި މަސް ދުވަހަށް ގްރައުންޑްވެފައި އޮތް ’މަހާ ޖައްރާފު‘ އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

Ad Image
Ads by

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާ މެނޭޖްމަންޓުން އެ ކުންފުންޏާ ހަވާލުވިތާ ދެ މަސް ދުވަހުގެ ތެރޭގައި މަހާ ޖައްރާފު މަރާމާތުކޮށް ނިންމާ، މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ. އެ ކުންފުނީގެ އެންމެ އަގުބޮޑު އެސެޓް އަދި ޑްރެޖަރު ގޮތުގައި އޮތް މަހާ ޖައްރާފު ގްރައުންޑްވެފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނެފައި ވަނީ މަހާ ޖައްރާފު ގްރައުންޑްވުމުގެ ސަބަބުން އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލިއްޔަތު ކަމަށް އެ މުއްދަތުގައި ބޮޑުތަނުން އަސަރުކޮށްފައިވާ ކަމަށެވެ. އަދި ބޭރުން ޑްރެޖަރެއް ބޮޑު އަގުގައި ލީސްކޮށްގެން ގެނެސް ބިން ހިއްކުމުގެ ބައެއް މަސައްކަތްތައް ކުރަން މަޖުބޫރުވި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި މަހާ ޖައްރާފު ގްރައުންޑްވުމާ ގުޅިގެން ބިން ހިއްކުމުގެ މަޝްރޫޢުތަކުން ލިބެން އޮތް ނަފާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމުގައެވެ.

”މަހާ ޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓެނަންސް ނުކުރެވުމާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަން ޖެހޭ މިންވަރަށް ކުރީ މެނޭޖްމަންޓުން ނުބަލާ ފަރުވާކުޑަކޮށްލުން ކަމުގައި ވަނީ ފާހަގަކުރެވިފައެވެ. މަހާ ޖައްރާފު ބޭނުން ނުކުރެވި މުޅިއަކު 571 ދުވަސް ހޭދަވެފައިވާއިރު، 47 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހިންގުމުގެ ޚަރަދުގެ ގޮތުގައި މި މުއްދަތުގައި ވަނީ ކުރަން ޖެހިފައެވެ. އަދި އާމްދަނީ ގޮތުގައި 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމުގައި ވެސް މާލީ ހިސާބުތަކުން ފެންނަން އެބައޮތެވެ،“ އެމްޓީސީސީގެ ބަޔާނުގައިވެއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިވިޜަނަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި ބަރޯސާ ވަނީ ބިން ހިއްކައިގެން ލިބޭ އާމްދަނީއަށް ކަމަށާއި މަހާ ޖައްރާފު ފަދަ ބޮޑު ޑްރެޖަރެއް ގްރައުންޑްވެފައި އޮތުމުން ކުންފުނީގެ އާމްދަނީއަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާ މެނޭޖްމަންޓުން މަސައްކަތްކުރީ މަހާ ޖައްރާފު ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށްކަން ފާހަގަކޮށް އެމްޓީސީސީން ބުނެފައި ވަނީ އެގޮތުން ކުރެވުނު މަސައްކަތުން މެނޭޖްމަންޓުން ހަވާލުވިތާ ދެ މަސް ދުވަހުގެ ތެރޭގައި މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނެވި ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

”މަހާ ޖައްރާފު މިހާރު ދަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ. މިއީ 71 މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ. ހަމައެހެންމެ، އުނގޫފާރު މަޝްރޫއަކީ މި ސަރުކާރުގެ ޒަޢާމަތުގައި ފެށި އަދި މިހާރު ނިމުމަކާ ގާތްވެފައި ބޮޑު މަޝްރޫއެއް ކަމުގައި ދަންނަވަމެވެ،“ އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމަށްފަހު ސަރުކާރުގެ އިރުޝާދާ އެކު ބިން ހިއްކުމުގެ އެހެން މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގައެވެ. އޭގެ އިތުރުން، އެ ކުންފުނިން ބޮޑެތި ޕްރައިވެޓް ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަޝްވަރާތައް ބައެއް ފަރާތްތަކާ އެކު ކުރަމުން އަންނަ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި