Wednesday, 9 September 2026
Ads by

މިސްކިތް ކައިރީ ހިންގި މުންކަރާތް: ދާއިރާގެ މެންބަރު އެކަން ދިފާޢުކޮށްފި

މިސްކިތް ކައިރީ ހިންގި މުންކަރާތް: ދާއިރާގެ މެންބަރު އެކަން ދިފާޢުކޮށްފި

ވިލިމާލެ މިސްކިތް ހުންނަ ސަރަހައްދުގައި އީދު ކުޅިވަރުގެ ތެރެއިން ދީނީ ގޮތުން ނުރަނގަޅު އަމަލުތަކެއް ނުވަތަ މުންކަރާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަން ދިފާޢުކޮށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވާހަކަދައްކަވައިފިއެވެ.

Ad Image
Ads by

މި ހަރަކާތްތަކާ ގުޅިގެން އުފެދިފައިވާ ހިތްހަމަނުޖެހުންތަކަށް ރައްދު ދެއްވަމުން މެންބަރު ވިދާޅުވީ، އެއީ މިސްކިތާ އެތައް ސަތޭކަ ފޫޓެއް ދުރުގައި ހިނގި ކަމެއް ކަމަށެވެ. އަދި މިސްކިތް އަރާގޮތަށް ފޮޓޯ ނެގުމަކީ ކިތަންމެ ދުރުގައި ކުރާ ކަމެއްގައި ވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެ، މެންބަރު ވަނީ އެ ހަރަކާތްތައް ދިފާޢުކުރައްވާފައެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި، ނަމާދު ގަޑިތަކުގައި އީދުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެއެވެ. އަދި ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ މައުލޫމާތު ފޯރުކޮށްދިނުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ވިލިމާލެ ރައްޔިތުންނަކީ ހެޔޮބަސްއަހާ، އިސްލާމްދީނުގެ ކަންކަމަށް އިސްކަންދޭ ބައެއް،“ މެންބަރު ވިދާޅުވިއެވެ.

މުޙައްމަދު މިފަދައިން ވިދާޅުވެފައި މިވަނީ ވިލިމާލޭގައި އީދު ކުޅިވަރުގެ ނަމުގައި ޝައިޠާނީ ސިފަ ޖައްސާ ނެރެފައި ތިބި މާލިތަކެއް ވިލިމާލެ ބިއްރި މިސްކިޔް ހިމެނޭ ސަރަޙައްދުގައި ލަވަޔާއި މިއުޒިކާއެކު ހަރަކާތްތެރިވުން ކުށްވެރިކޮށް ސަރުކާރުގެ އެކްޓިވިސްޓަކު ކުރި ޕޯސްޓެއް ދިފާއު ކުރަމުންނެވެ. މުޙައްމަދު މި މޭރުމުން ވިދާޅުވީ ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުމާއި، ނުރުހުން މިކަމަށް ވަނީ އަމާޒުވެފައެވެ.

ދެޖިންސު މަސްހުނިވުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ، ހަރަކާތްތައް ކުރިއަށްގެންދާއިރު ދެޖިންސު ވަކިވަކިން ބޭއްވުމަށް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށެވެ.

ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ މިސްކިތް ކައިރީގައި މިއުޒިކާއި ނެށުމުގެ ހަރަކާތްތައް ބޭއްވުމަކީ އިސްލާމީ އަދަބުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް މިހާރުގެ ސަރުކާރުން ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދާއިރު، މިފަދަ ކަންކަމުގައި ދީނީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ސަރުކާރުންވެސް އަދި ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިތުރުން ދީނީ އިލްމުވެރިންވެސް ދަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި