Sunday, 26 July 2026
Ads by

ރޯދަ މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓެއް ހުޅުވައިފި

ރޯދަ މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓެއް ހުޅުވައިފި

ރޯދަ މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ވަނީ މަސް މާރުކޭޓެއް ހުޅުވާފައި - ފޮޓޯ:އެޗްޑީސީ

ރޯދަ މަހަށް ޚާއްޞަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ހާބަރު ސަރަޙައްދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސް މާރުކޭޓެއް ހުޅުވައިފިއެވެ.

Ad Image
Ads by

އެޗްޑީސީން ބުނީ މި މަސް މާރުކޭޓު ހުޅުވާފައި ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން މި މަސް މާރުކޭޓަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ހުޅުވި ތަނެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނެފައި ވަނީ މި މަސް މާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން ހުޅުވުނު މާރުކޭޓެއް ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް އެޗްޑީސީން ވަނީ ހިޔާ ސަރަޙައްދުގައި ލޯކަލް މާރުކޭޓެއް ވެސް ހުޅުވާފައެވެ. އެޗްޑީސީން ބުނި ގޮތުގައި މި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި ރޯދަ މަސް ފެށުމާ އެކު މާރުކޭޓު ހުޅުވާނެ ކަމުގައެވެ. ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް އެ މާރުކޭޓުން ޚިދުމަތް ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓު 1 އާއި 2 އަދި ވިނަރެސް 9 އާއި 10 ހުންނަ ސަރަޙައްދުގައި ކަމަށެވެ. މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ރޯދަ މަހު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންކަން ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި