Saturday, 24 October 2026
Ads by

ހަމްދާންގެ ވަރުގަދަ ރައްދެއް ނަޝީދަށް: އެމްޑީޕީން ދަރަނި ބޮޑުކުރި ހިތްދަތި ހަނދާންތައް އަދިވެސް އެބަހުރި

ހަމްދާންގެ ވަރުގަދަ ރައްދެއް ނަޝީދަށް: އެމްޑީޕީން ދަރަނި ބޮޑުކުރި ހިތްދަތި ހަނދާންތައް އަދިވެސް އެބަހުރި

ދިވެހިރާއްޖޭގެ ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮތް ދަރަނި، އެ ސަރުކާރު ނިމުނުއިރު 97 އިންސައްތައަށް ވުރެ މައްޗަށް އުފުލާލާފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތަޢާރަފުކުރުމަށްފަހު، ހަމަ އެ އަހަރުގެ ތެރޭގައި އެ ޓެކްސް 6 އިންސައްތައަށް ބޮޑުކުރިކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

އެމްޑީޕީގެ ދެވަނަ ދައުރަށް އިޝާރާތް ކުރެއްވަމުން ހަމްދާން ވިދާޅުވީ، އެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް އިތުރު 77 ބިލިއަން ރުފިޔާ އިތުރުކޮށް، ޖީއެސްޓީ 8 އިންސައްތައަށް ބޮޑުކޮށްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް އުފުލަންޖެހުނު ބޮޑު ތަކުލީފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިދިކޮޅަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅުތަކަށް ހަމްދާން ވަނީ ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ޓެކްސްގެ އިތުރު ބުރައެއް ކުރިމަތި ނުކުރުވައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެއް ބިލިއަން (1,000,000,000) އެމެރިކާ ޑޮލަރު މިހާތަނަށް ދައްކާފައިވާ ކަމަށެވެ.

”ސިޔާސީ ބޭނުމެއްގައި އާ ވޯޓަރުންނަށް ކަންކަން އޮޅުވާލެވިދާނެ. އެކަމަކު މަނިކުފާނުގެ (ރައީސް ނަޝީދުގެ) ވެރިކަމުގެ ހިތްދަތި ހަނދާންތައް
އަޅުގަނޑުމެންގެ ހިތްތަކުގައި އަދިވެސް އެބަހުރި،“ ހަމްދާން ވިދާޅުވިއެވެ.

ހަމްދާންގެ މި ވާހަކަފުޅުތަކަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ދަރަނި މެނޭޖުކުރުމާ ގުޅޭގޮތުން ސިޔާސީ މަސްރަޙުގައި ބަހުސް ގަދަވެފައިވާ ދަނޑިވަޅެއްގައި ދެއްކެވި ވާހަކަފުޅުތަކެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ކޮޅަށް ޖެހުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ސަރުކާރުން ހާމަކުރަމުންދާއިރު، މިއީ އޭގެ ތެރެއިން މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ހަމްދާން ވަނީ ފާހަގަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި