Sunday, 26 July 2026
Ads by

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަމާންކަމާއެކު ނިންމާލައިފި

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަމާންކަމާއެކު ނިންމާލައިފި

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އެއްވެސް ދަތިކަމެއްނެތް، އަމާން އަދި ހިތްހަމަޖެހުން ބޮޑު މާޙައުލެއްގައި ނިންމާލެވިފައިވާ ކަމަށް ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން އިޢުލާނުކޮށްފިއެވެ.

Ad Image
Ads by

މި އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިމުމަކަށް އައިސްފައިވާ ކަން ރަސްމީކޮށް އިޢުލާންކުރެއްވީ މައްކާ ސަރަޙައްދުގެ ނައިބު ގަވަރުނަރު އަދި ޙައްޖާއި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް، އަލް-އަމީރު ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދު އަލް-ޢަަޒީޒެވެ. އަމީރު ސުޢޫދު މިކަން އިޢުލާނުކުރެއްވީ ޙައްޖުގެ މައިގަނޑު ރުކުންތައް ކަމުގައިވާ ޢަރަފާތު ބިމުގައި މަޑުކުރުމާއި، މުޛްދަލިފާގައި ރޭކުރުމާއި، އަދި މިނާގައި ޖަމްރާތަކަށް ހިލައުކުމުގެ ކަންކަން އަމާންކަމާއެކު ނިމުމާ ގުޅިގެންނެވެ.

ޙައްޖުގެ އަޅުކަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަން ހާމަކުރައްވަމުން އަމީރު ވިދާޅުވީ، 1.7 މިލިޔަނަށްވުރެ ގިނަ ޙައްޖުވެރިން ބައިވެރިވި މި އަހަރުގެ ޙައްޖު ކާމިޔާބުވީ، ސަލާމަތީ، އިންތިޒާމީ އަދި ޚިދުމަތްތަކުގެ ފުރިހަމަ ނިޒާމެއްގެ ސަބަބުން ކަމަށެވެ. މީގެ ސަބަބުން ޙައްޖުވެރިންނަށް ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އަޅުކަން ފުރިހަމަކުރުމުގެ މަގު ތަނަވަސްވެގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޙައްޖު މޫސުން ކާމިޔާބުވީ ސަޢޫދީ ޢަރަބިއްޔާގެ އިސްވާރުންގެ ފުރިހަމަ އިރުޝާދުގެ ދަށުން، ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމާއި، ހުރިހާ މަރުޙަލާއެއް މެދުނުކެނޑި މޮނިޓަރުކޮށް ބެލެހެއްޓުމުގެ ސަބަބުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ”މި ޙައްޖު މޫސުމުން ފެނިގެންދިޔައީ މާތް ﷲ ގެ މެހުމާނުންނަށް ޚިދުމަތްކުރުމުގައި އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާ ޤައުމެއްގެ ތަސައްވުރު“ ކަމަށެވެ.

1447 ވަނަ އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިމުމާ ގުޅިގެން، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ވަނީ ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރު ޑރ. ތައުފީޤުލް ރަބީޢާއަށް ތަހުނިޔާ ފޮނުއްވާފައެވެ.

މި އަހަރުގެ ކާމިޔާބީއަކީ ކުރިއަށް އޮތް އަހަރުގެ ތައްޔާރީތަކުގެ ފެށުން ކަން ފާހަގަކުރައްވަމުން އަމީރު ސުޢޫދު ވަނީ، ޙައްޖުވެރިންނަށާއި މުޅި އިސްލާމީ އުންމަތަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިސް ދައުރެއް އަދާކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި