Sunday, 26 July 2026
Ads by

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޑރ. ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

”އެކި އެމްވީ“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ޒަރީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޖަލުތަކުގެ ގިނަ ގޮޅިތަކެއް ހުރީ ކަރަންޓުގެ ޚިދުމަތް ނުލިބި، އަނދިރިކޮށް ކަމަށެވެ. ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް ހުރިހާ ގޮޅިއަކަށް ކަރަންޓު ދިނުމަށް ކަނޑައެޅި އަމާޒުގެ ދަށުން، މިހާރު ހުރިހާ ގޮޅިއަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުތަކަށް ގެނެވުނު އިތުރު ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ގައިދީން އިމަޖެންސީ ޙާލަތްތަކުގައި ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި ފެންވަރު ރަނގަޅު އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރާއި ބެގޭޖް ސްކޭނަރު ހަރުކޮށް، ޖަލުގެ ބޭނުންތަކަށް ތިން އުޅަނދެއް އަލަށް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖަލުތަކުގައި މީހުން ގިނަވުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން މިދިޔަ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 370 އެނދުގެ ޖާގަ އިތުރުކޮށްފައިވާ ކަމަށް ސީޕީ ޒަރީރު ވިދާޅުވިއެވެ. އަދި ގައިދީންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އޭސީ ބެރެކްސްތަކުގައި ގައިދީން ބޭތިއްބުމާއި، ޖަލުގެ މިސްކިތްތަކާއި ނަމާދުކުރާ ތަންތަން އޭސީކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖަލުތަކަށް ގެނެވުނު ބައެއް މުހިންމު ބަދަލުތަކުގެ ތެރޭގައި:

  • ގައިދީން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިއުމަށް ފެންވަރު ރަނގަޅު އެމްބިއުލާންސްގެ ހިދުމަތް ފެށުން.
  • ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރާއި ބެގޭޖް ސްކޭނަރު ހަރުކުރުން.
  • ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 370 އެނދުގެ ޖާގަ އިތުރުކުރުން.
  • ޖަލުގެ ބޭނުންތަކަށް 3 އުޅަނދު އަލަށް ހޯދުން.
  • ފުރަތަމަ ފަހަރަށް ގައިދީން އޭސީ ބެރެކްސްތަކުގައި ބޭތިއްބުން.
  • ޒަމާނީ މިސްކިތްތަކާއި ނަމާދުކުރާ ތަންތަން އޭސީކުރުން.

ސީޕީ ޒަރީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ޤައިދީންނަށް އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކަށް ނުވަތަ ގޯނާއެއް ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ. ޖަލުތައް ފާސްކުރުމުގައި ބޭނުންކުރަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ ވަސީލަތްތައް ކަމަށާއި، ކުރީގެ އަނިޔާވެރި އުޞޫލުތައް މިހާރު ނޯންނާނެ ކަމުގެ ޔަޤީންކަން އޭނާ އެރުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވަނީ ޚިދުމަތްތައް ހަރުދަނާކުރުމަށް. އެމަނިކުފާނު ކަރެކްޝަންސްގެ އެއްވެސް މަސައްކަތަކަށް ނުފޫޒެއް ނުފޯރުއްވާ. ޖަލުތައް ހިންގަނީ މިނިވަންކަމާއެކު،“ ޑރ. ޒަރީރު ވިދާޅުވިއެވެ.

ޖަލުތަކަކީ ނަފްސާނީ ބަލިމީހުން ބައިތިއްބާ މަރުކަޒަކަށް ނުވި ނަމަވެސް، ޤައުމީ އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ޖަލުތައް ބަލަހައްޓަމުންދާނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި