Wednesday, 9 September 2026
Ads by

ދިރާގުން ރޯދަ މަހަށް ޚާއްޞަކޮށްގެން މުޅިން އާ އޮފަރތަކެއް ތަޢާރަފުކޮށްފި

ދިރާގުން ރޯދަ މަހަށް ޚާއްޞަކޮށްގެން މުޅިން އާ އޮފަރތަކެއް ތަޢާރަފުކޮށްފި

ދިރާގުން ވަނީ ރޯދަ މަހަށް ޚާއްޞަކޮށްގެން މުޅިން އާ އޮފަރތަކެއް ތަޢާރަފުކޮށްފައި - ފޮޓޯ:ދިރާގު

މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާ އެކު ޚާއްޞަ ޕްރޮމޯޝަންތަކެއް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން އިޢުލާނުކޮށްފިއެވެ.

Ad Image
Ads by

ރޯދަ މަހުގެ ޕްރޮމޯޝަނުގެ ދަށުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ހިތްގައިމު ފަސް އޮފަރއެއް ތަޢާރަފުކޮށްފައެވެ. އެއީ:

ރޯދަ ބޯނަސް: 25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު، ޚާއްޞަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެ. ޕްރީޕެއިޑް ރީޗާޖު، އެޑްއޮންސް އަދި ބޫސްޓަރ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެވޭނެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެ.

ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުން ނަގާ ޚާއްޞަ ބޫސްޓަރތަކަކާ އެކު ހަމަ އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެ. މީގެ އިތުރުން ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްޞަ ދެ ޑޭޓާ ބޫސްޓަރއެއް، 100ޖީބީ 100 ރުފިޔާއަށް އަދި 400ޖީބީ 300 ރުފިޔާއަށް ނެގޭނެ.

ޝެއަރ ޔޯ ހެޕިނެސް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ’ސްކްރެޗް އެންޑް ވިން‘ ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެ. އެ އިނާމު ދިރާގު ނެޓްވަރކްގައި ތިބި އެ ފަރާތްތަކުގެ ރަޙުމަތްތެރިންނާއި ޢާއިލާއަށް ހަދިޔާ ކުރެވޭނެ.

ހިތްތައް ހޯދައިގެން އިނާމު: ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ޚާއްޞަ އިނާމުތަކެއް ރިޑީމް ކުރެވޭނެ. ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެ. ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެ.

ދިރާގު އީޒޯން ސަޕްރައިޒް: ދިރާގު އެޕްގައި ވާ އީޒޯން ބެނަރއަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑް ސްލޭމް ގޭމިންގ ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ. ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެ.

ދިރާގުން ބުނެފައި ވަނީ އެ ކުންފުނީގެ އެލީޓް ކްލަބް މެންބަރުންނަށް ރޯދަ މަހަށް ޚާއްޞަ އޮފަރތަކެއް އެކި ޕަރޓްނަރ އައުޓްލެޓްތަކުން ލިބޭނެ ކަމަށެވެ.މި އޮފަރތަކާ ބެހޭ އިތުރު ތަފުސީލު ދިރާގު އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރުގެ އެ ކުންފުނީގެ ރޯދަ މަހުގެ ކެމްޕޭން ޝިޢާރު ’ހެޔޮ ހިތުން‘ ބިނާވެފައި ވަނީ މި ބަރަކާތްތެރި މައްސަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ ޢަމަލުތައް ކުރުމުގެ މައްޗަށް ކަމުގައެވެ. އެގޮތުން މި ޝިޢާރާ ގުޅިގެން އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ވަނީ މަމްސް އެއިޑް އެންޖީއޯގެ ’ރަމަޟާން އެއިޑް‘ ކެމްޕޭންގެ ޕަރޓްނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މިޝަން ފޯރ މައިގްރަންޓް ވާރކަރސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަޙައްދުގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްޞަ އިފްތާރު ޕެކްތަކެއްވެސް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ދިރާގުން މިފަހަރުވެސް އެ ކުންފުނިން ރޯދަ މަހަށް ޚާއްޞަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ދިރާގު ޕޭ އެޕް އަދި ވެބް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި