Sunday, 26 July 2026
Ads by

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ޝައިޠޯނީ ޢަމަލުތައް ކުށްވެރި ކުރުމުން ’އަދަދު‘ ނޫހުން ޝެއިޚް އަލީ ޒައިދުގެ އަބުރު ކަތިލަނީ

ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގެ ޝައިޠޯނީ ޢަމަލުތައް ކުށްވެރި ކުރުމުން ’އަދަދު‘ ނޫހުން ޝެއިޚް އަލީ ޒައިދުގެ އަބުރު ކަތިލަނީ

ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަށިމާލި ޕެރޭޑާ ގުޅޭގޮތުން ”އަދަދު“ ނޫހުން ޝާއިޢުކުރި ޚަބަރަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމެނޭ ޚަބަރެއް ކަމަށް ބުނެ، ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު އެކަން ދޮގުކުރައްވައިފިއެވެ.

Ad Image
Ads by

އަދަދު ނޫހުން ރިޕޯޓުކޮށްފައިވަނީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑުގައި ދައްކުވައިދިން ކަންކަން ހަރާމްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތާއީދުކުރައްވާ ބައެއް ޝެއިޚުން ކަމަށް ތުހުމަތު ކޮށްފައެވެ.

އެ ނޫހުން ލިޔެފައިވަނީ، ޝެއިޚް އަލީ ޒައިދު މި ދުވަސްވަރު ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ގެންދަވާ ކަމަށާއި، ޝެއިޚް އަލީ ޒައިދު ވަނީ އެ ޕެރޭޑުން ފެނުނީ ”ޝައިތާނީ އަމަލުތަކެއް“ ކަމަށް ވިދާޅުވެފައި ކަމަށެވެ.

މަށިމާލި ޕެރޭޑާއި ގުޅިގެން ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިޖުތިމާއީ އަޚުލާގުން ބޭރުވެ، މީހުންނާ ފޮށި، ފުރައްސާރަކޮށް ހެދުމުގެ މައްޗަށް ބިނާކޮށްފައިވާ ހުތުރު އަމަލުތަކަކީ މުނިފޫހިފިލުވުމެއް ނޫން ކަމަށެވެ. އަދި އެއީ ހުތުރުވެގެންވާ ޝައިތާނީ އަމަލުތަކެއް ކަމަށާއި، މިފަދަ ނުބައި ކަންކަން ހިންގުމުން ދޭހަވަނީ އެ ބައެއްގެ އަހުލާގުގެ ފެންވަރު ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ނަމަވެސް، އަދަދު ނޫހުގެ ޚަބަރާ ގުޅިގެން ޒައިދު ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޒައިދު ވިދާޅުވީ އެއީ އޭނާއާ މެދު އެ ނޫހުން ފަތުރާފައިވާ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

”އަޅުގަނޑު ސަރުކާރަށް ތައުރީފެއް ނުކުރަން! ދަންނަވާހާ ވެސް އެއްޗަކީ މީހުންނާ މެދު ސާބިތު ނުހިފޭ ވާހަކަ ނުދައްކާށޭ! މީހުންގެ އަބުރާ އިއްޒަތަށް ރައްކާތެރިވާށޭ! ޕޮލިޓިކަލީ ފާޑުކިޔުމާއި ޒާތީވުމަކީ ދެ ކަމެކޭ،“ ޒައިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝެއިޚް ޒައިދު ވަނީ މީހުންގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތައް ނުފެތުރުމަށާއި، ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން ހަގީގަތާ އެއްގޮތަށް މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކުޅުދުއްފުށީގައި ކޮންމެ އަހަރަކު ބާއްވާ މަށިމާލި ޕެރޭޑަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ހަރަކާތަކަށް ވާއިރު، ކޮންމެ ފަހަރެއްގެ ޕެރޭޑުގައިވެސް ފެނިގެންދާ ބައެއް ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. އިސްލާމް ދީނުގެ ހުދޫދުން ބޭރު އެތައް މަންޒަރުތަކެއް މަށިމާލި ޕެރޭޑުން ދައްކުވައިދެއެވެ.

މައިންބަފައިންނާއި، ދަރިން ހިމެނޭހެން ކުދިބޮޑު އެންމެން ބައިވެރިވެގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދާ މި އިޖްތިމާއީ މިންގަނޑާ ޚިލާފު ޙަރަކާތް ހުއްޓާލުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި