Sunday, 26 July 2026
Ads by

ބަރަހަނާ މަންޒަރު ލައިވް ކޮށްފަ ޗެނަލް 13 ގެ ސަރވަރތައް ހެކްކުރީ ކަމަށް ބުނެ ހެދީ ދޮގެއްކަން ފަޅާއަރައިފި

ބަރަހަނާ މަންޒަރު ލައިވް ކޮށްފަ ޗެނަލް 13 ގެ ސަރވަރތައް ހެކްކުރީ ކަމަށް ބުނެ ހެދީ ދޮގެއްކަން ފަޅާއަރައިފި

ޗެނަލް 13 ގެ ލޯގޯ---

އިއްޔެ ރޭގެ ވަގުތެއްގައި ކާކުކަން ނޭނގޭ ފަރާތަކުން ޗެނަލް 13 ގެ ސަރވަރތައް ހެކްކޮށްފައިވާ ކަމަށް ބުނެ އެ ޗެނަލުން ހެދީ ބުހުތާނު ދޮގެއްކަން ފަޅާއަރައިފިއެވެ.

Ad Image
Ads by

ރޭގެ ވަގުތެއްގައި ޗެނަލް 13 އިން ކުޅުދުއްފުށީގެ ޢީދު ޝޯވ ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް، ކުއްލިއަކަށް ލައިވް ބްރޯޑްކާސްޓް ހުއްޓި ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އޮޅުމެއްގެ ތެރެއިން ބްރޯޑްކާސްޓް ކުރެވިފައެވެ. ”އެކި އެމްވީ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކޮންޓްރޯލް ރޫމުގައި ތިބި ބަޔަކު ޔޫޓިއުބް މެދުވެރިކޮށް އެފަދަ މަންޒަރެއް ބަލަން އުޅުމުގެ ތެރޭގައެވެ.

މި މައްސަލަ ފޫބެއްދުމުގެ ގޮތުން ޗެނަލް 13 އިން ބުނެފައިވަނީ، އެ ޗެނަލްގެ ސަރވަރތައް ރޭ 23:53 އެހާއިރު ކާކުކަން ނޭނގޭ ފަރާތަކުން ހެކްކޮށްފައިވާ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ޗެނަލް 13 އަކީ ރާއްޖޭގައި ހިނގާ ކަންކަން ވަގުތުން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭ ޗެނަލަކަށްވެފައި، ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކުން އެއް މީޑިއާއަށްވީތީ ސީދާ އެ ޗެނަލަށް އަމާޒުކޮށް ހަމަލާއެއް ދިނުމުގެ ނިޔަތުގައި ކަމަށް ވަނީ ސިފަކޮށްފައެވެ.

ޗެނަލް 13 އިން ބުނާ ގޮތުގައި، އެ ޗެނަލްގެ ސަރވަރތައް ހެކްކުރީ، އެ ޗެނަލުން މި ފަހުން ގެނެސްދިން ”ކޮކްރަޗް ޖަންތާ ޕާޓީ“ ނުވަތަ އިންޑިއާގެ ކުރަފި ޕާޓީގެ ވެބްސައިޓް ޑައުންކުރި ވާހަކައާއި އެ ޕާޓީގެ މީސް މީޑިއާ އެކައުންޓްތައް ހެކްކުރި ވާހަކަ ގެނެސްދީފައިވަނިކޮށް ކަމަށެވެ. ނަމަވެސް މިއީ ރާއްޖެއާއި އެއްވެސް ގޮތަކުން ގުޅުންހުރި ވާހަކައަކަށް ނުވާތީ، ”ހެކަރުންތަކެއް“ ޗެނަލް 13 ގެ ސަރވަރތައް ހެކްކޮށްފާނެ ކަމަށް ނުބެލެވެއެވެ.

މި މައްސަލަ ދިމާވުމަށް މެދުވެރިވި އަސްލު ސަބަބު ދެނެގަތުމުގެ ބަދަލުގައި ސަރވަރތައް ހެކްކުރީ ކަމަށް ބުނެ ވާހަކަފަތުރަމުން އަންނައިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ހުންނެވީ އެކަމާ ކޯފާވެފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި