Sunday, 25 October 2026
Ads by

މަށިމާލި ޕެރޭޑަކީ އިޖުތިމާއީ ގުޅުމަށް އޮތް ބޮޑު ހުރަހެއް: އާޒިމާ

މަށިމާލި ޕެރޭޑަކީ އިޖުތިމާއީ ގުޅުމަށް އޮތް ބޮޑު ހުރަހެއް: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އާޒިމާ---

ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މަށިމާލި ޕެރޭޑުގެ ސަބަބުން، މުޅި ރާއްޖޭގައި ފާހަގަކުރަމުންދާ ޢީދުގެ އުފާވެރިކަމާއި އިޖުތިމާއީ ގުޅުމަށް ކިލަނބުކަން އަންނަ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، ޢީދަކީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ލޯތްބާއި ކުލުނު އާލާކުރުމަށް ލިބޭ ފުރުސަތެއް ނަމަވެސް، ސިޔާސީ ކަންކަމަށާއި މުޖުތަމައުގެ އެކިއެކި ފަރުދުންނަށް ފުރައްސާރަކޮށް ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމުގައި އޮންނަންޖެހޭ ޢީދުގެ ހަގީގީ އުފާވެރިކަން ގެއްލިގެންދާ ކަމަށެވެ.

މަށިމާލި ޕެރޭޑަކީ ކުޅުދުއްފުށި ސިޓީގައި ޒަމާނުއްސުރެ ބާއްވަމުން އަންނަ ޕެރޭޑެއް ނަމަވެސް، މި ޕެރޭޑުގައި މީހުންނަށް ފުރައްސާރަކުރުމާއި ބޭއަދަބީ އެތަކެއް ކަމެއް އެކުލެވޭތީ، އެ ސިޓީގެ ކައުންސިލުން ވެސް ވަނީ އެފަދަ ހަރަކާތްތައް ރާވާ އިންތިޒާމުކުރާ ފަރާތްތަކަށް އެފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކޮށް ބަޔާނެއް ވެސް ނެރެފައެވެ.

މީގެ އިތުރުން، ޢީދު ފާހަގަކުރުމުގެ ނަމުގައި އެކަކު އަނެކަކަށް ފުރައްސާރަކޮށް ހަޖޫނުޖެހުމަށް މި އަހަރުގެ ޢީދު ޚުޠުބާގައި ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އާޒިމާގެ އިތުރުން އާންމުންގެ ވަރަށް ގިނަ ބަޔަކު ވެސް އަންނަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވެސް ހިމެނޭހެން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގެ އެކި މަންސަތަކުގައި މަށިމާލި ޕެރޭޑުގައި ހިމެނޭ ބައެއް ފުޅަނދުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި