Saturday, 24 October 2026
Ads by

ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުން އޮތީ ނަރަކައިގެ ވޭންދެނިވި އަޒާބު: ޚުޠުބާ

ހަރާމް ގޮތުގައި މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުން އޮތީ ނަރަކައިގެ ވޭންދެނިވި އަޒާބު: ޚުޠުބާ

އިސްލާމީ މަރުކަރުގައި ހުކުރު ނަމާދުކުރަނީ---

ޝަރުއީ މިންގަނޑުތަކާ ހިލާފަށް މުދާ ހޯދުމާއި، ރިޝްވަތާއި ޖުވާ ކުޅުން ފަދަ ކަންކަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަން ކަމަށާއި އެފަދަ ކަންކަން ކުރާ މީހުންނަށް އޮތީ ނަރަކައިގެ ވޭންދެނިވި އަޒާބު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

Ad Image
Ads by

”ހޭދަކުރުމުގައި އިގްތިސާދުކުރުން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބުނީ، މުދަލަކީ މާތްالله އަޅުތަކުންނަށް ދެއްވާފައިވާ އަމާނާތެއް ކަމަށެވެ. އެ މުދަލުގެ ހަގީގީ މިލްކުވެރިއަކީ މާތްﷲ ކަމަށްވީއިރު، މުދާ ހޯދައި އެ މުދާ ހޭދަކުރުމުގައި ޝަރުއީ ހަމަތަކަށް ރިއާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މުދާ ހޯދުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ހިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ޓެކުމާއި، ރިބާގެ މުއާމަލާތްތަކުގެ އިތުރުން ޖުވާކުޅުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފަތަކެއް ކަމަށެވެ. އަދި ނުހައްގުން މުދާ ހޯދާ މީހުންނަށް ގިޔާމަތް ދުވަހުން އޮތީ ނަރަކައިގެ ވޭންދެނިވި އަޒާބުކަން ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުތަކުން ސާބިތުވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން، މުދާ ހޭދަކުރުމުގައި އިސްރާފްކުރުމަކީ ފާފައެއްކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ، އެ ތަކެތި ބޭނުންނުކޮށް އުކާލަންޖެހުމަކީ ދީނީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ނުރަނގަޅު އަމަލެއް ކަމަށެވެ.

ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމުގައި އިގުތިސާދީ ވިސްނުން އިސްކުރުމަށް ގޮވާލަމުން ހުތުބާގައި ބުނީ، އަތްމަތި ދަތިވުމަށް މެދުވެރިވާ ސަބަބަކީ ލިބޭ މިންވަރަށްވުރެ އިތުރަށް ހަރަދުކުރުން ކަމަށެވެ. އަދި ކޮންމެހެން މަޖުބޫރު ހާލަތެއް މެދުވެރިވެގެން މެނުވީ ދަރަނި ނެގުމުގެ އާދަ ދޫކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ތިމާގެ މުދަލަކީ އޭގައި އެހެން މީހުންގެ ހައްގުތަކެއް އެކުލެވިގެންވާ އެއްޗެއްކަން ހަނދާންކޮށްދެމުން ޚުޠުބާގައި ވަނީ، އަނބިދަރިންނާއި، ގާތްތިމާގެ މީހުންގެ އިތުރުން ފަގީރުންނާއި މިސްކީނުންގެ ހައްގުތައް އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ގިޔާމަތް ދުވަހު ކޮންމެ މީހަކާ ވެސް އެ މީހަކަށް ދެއްވި ނިއުމަތްތަކާ މެދު ސުވާލުވެވޭނެ ކަމަށް ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި