Saturday, 24 October 2026
Ads by

ހޭދަކުރުމުގައި އިޤުތިޞާދުކުރުމުގެ މުހިންމުކަން ހުކުރު ޚުޠުބާގައި ބަޔާންކޮށްފި

ހޭދަކުރުމުގައި އިޤުތިޞާދުކުރުމުގެ މުހިންމުކަން ހުކުރު ޚުޠުބާގައި ބަޔާންކޮށްފި

މިއަދުގެ ހުކުރު ޚުޠުބާގައި، ދިރިއުޅުމުގެ އެންމެހައި ކަންކަމާއި ހޭދަކުރުމުގައި އިޤުތިޞާދުކުރުމަށް ރާއްޖޭގެ އެންމެހައި މުސްލިމް ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

”ހޭދަކުރުމުގައި އިޤުތިޞާދުކުރުން“ މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގައި މާތް ﷲ ލައްވައިފައިވާ އެންމެހައި ތަކެއްޗަކީ އެކަލާނގެ ރަޙުމަތްފުޅުން އަޅުތަކުންނަށް ދެއްވައިފައިވާ ނިޢުމަތްތަކެކެވެ. ވަކިން ޚާއްޞަކޮށް، މުދަލަކީ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، މުދާ ހޯދުމުގައްޔާއި ހޭދަކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ޚިޔާނާތާއި، ވައްކަމާއި، ރިޝްވަތާއި، ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަށް ގޮވައިލަމުން، މުދާ ލިބުމަށްފަހު ބޭކާރު ގޮތުގައި އިސްރާފުކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއްކަން ފާހަގަކުރިއެވެ. ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަނެ، ބޭނުންނުކޮށް އުކައިލަން ޖެހުމަކީ މާތް ﷲ ލޯބިވެވޮޑިގެންވާ ކަމެއް ނޫންކަމަށް ކީރިތި ޤުރުއާނުގެ އާޔަތްތަކުން ދަލީލު ދައްކަމުން ޚުޠުބާގައި ބަޔާންކުރިއެވެ.

ރަސޫލު ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُوْا وَاشْرَبُوْا وَتَصَدَّقُوْا وَالْبَسُوْا، مَا لَـمْ يُـخَالِطْهُ إِسْرَافٌ أَوْ مَـخِيْلَةٌ) މާނައީ: ”އިސްރާފުކުރުމެއް ނުވަތަ ބޮޑާކަމެއް ނެތި، ތިޔަބައިމީހުން ކައިބޮއި،ޞަދަޤާތްކޮށް، ފޭރާންލައިއުޅޭށެވެ!“

އިޤުތިޞާދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލަމުން ޚުޠުބާގައި ބުނީ، ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ކޮންމެހެން މަޖުބޫރު ޙާލަތެއް މެދުވެރި ނުވަނީސް ދަރަނި ނެގުމަކީ އަތްމަތި ދަތިވުމަށް މެދުވެރިވާ ސަބަބުތައް ކަމަށެވެ. އަދި ތިމާގެ މުދަލުގައި އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، ފަޤީރުންގެ ޙައްޤުތައް އެކުލެވިގެންވާ ކަމަށާއި، ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށްވެސް ހަނދާންކޮށްދިނެވެ.

”ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ލިބޭނެ،“ ޚުޠުބާގައި ބަޔާންކުރިއެވެ.

ނިންމާލަމުން، ޚުޠުބާގައި އެދިފައިވަނީ ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށްނުލައި، މުސްތަޤުބަލަށްޓަކައި އޭގެ ބައެއް ރައްކާކުރުމުގެ އާދަ އަށަގަންނުވައި، އިޤުތިޞާދީ ވިސްނުމަކުން ދިރިއުޅުން ބައްޓަންކުރުމަށެވެ. މިއީ މުޖުތަމަޢުގެ ބަދަހިކަމަށާއި އަމިއްލަ ފަރުދުންގެ ފުދުންތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި