Wednesday, 9 September 2026
Ads by

އަންހެނުންގެ ދުވަހާ ގުޅިގެން އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް

އަންހެނުންގެ ދުވަހާ ގުޅިގެން އެމްޓީސީސީގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް

އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ

އަންހެނުންގެ ދުވަހާ ގުޅިގެން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

Ad Image
Ads by

އެމްޓީސީސީގެ މެނޭޖްމަންޓުން ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ އަންހެން މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދެއްވުމަށް ނިންމެވިކަން ހާމަކުރައްވާފައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަސް ޕަރކިންގ ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޙަފުލާގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަބްދުالله ޒިޔާދެވެ.

ޒިޔާދު ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން އެ ކުންފުނީގެ އެޗްއާރުން ކަނޑައަޅާ ޚާއްޞަ އުޞޫލުތަކެއްގެ ތެރެއިން މާބަނޑު އަންހެން މުވައްޒަފުން އަދި އެއް އަހަރު ނުފުރޭ ދަރިންގެ މައިންނަށް ’ފްލެކްސިބަލް ވާރކް އެރޭންޖްމަންޓް‘ ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މާބަނޑު އަންހެން މުވައްޒަފުންނާއި ދެ އަހަރު ނުފުރޭ ދަރިންގެ މައިންނަށް ތިން ގަޑިއިރުގެ ބްރޭކެއް ހަމަޖެހިގެން ދާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

މިފަދަ އިނާޔަތްތައް ހަމަޖެއްސުމުގެ ބޭނުމަކީ އެމްޓީސީސީއަކީ މާބަނޑު އަންހެން މުވައްޒަފުންނާއި ކުޑަކުދިން ބަލަހައްޓާ އަންހެން މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ފަސޭހަ މާޙައުލަކަށް ހަދައިދިނުންކަން ފާހަގަކޮށް ޒިޔާދު ވިދާޅުވީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ އަށްވަނަ ދުވަހު، އަންހެނުންގެ ދުވަސް އެ ކުންފުނިން ފާހަގަކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެކި އެކި މައިދާންތަކުގައި ފިރިހެނުންނާ ހަމަހަމަ ފުރުޞަތުތަކެއް އަންހެނުންނަށްވެސް ހޯދައިދިނުން ކަމަށެވެ. އަންހެން މުވައްޒަފުންނަށް ފުރުޞަތުތައް ފަހިކޮށްދީ ބާރުވެރިކުރުމުގައި އެމްޓީސީސީއަކީ ނަމޫނާ ދައްކަމުން އަންނަ ލާމަސީލު ކުންފުންޏެއް ކަމަށާއި 1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ އެ ކުންފުނީގެ ތަރައްޤީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑު ކަމުގައި ސީއީއޯ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ސީނިއަރ މެނޭޖްމަންޓުން ފެށިގެން ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި އަންހެން މުވައްޒަފުން ހިމެނޭ ކަމީ ފަޚުރުވެރިވާ ކަމެއް ކަމަށާއި އިދާރީ ބައިގެ އިތުރުން ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައި ވެސް އަންހެން މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ މަންޒަރު ބަލައިގަންނަނީ އުފަލާ އެކު ކަމުގައެވެ. އެގޮތުން އެ ކުންފުނީގައި ޕްރޮޖެކްޓް މެނޭޖަރުންގެ ގޮތުގަ އާއި ސައިޓް ސުޕަވައިޒަރުންނާއި ސަރވޭއިންގ އޮފިސަރުންނާއި ބަސް އެޓެންޑެންޓުންނާއި ބަސް ޑްރައިވަރުންނާ އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި މިއަދު އަންހެން މުވައްޒަފުން ގޮތުގައި ދަނީ މަސައްކަތް ކުރަމުން ކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.

”ކުންފުނީގެ އުއްމީދަކީ ވެލްޑަރުންނާއި ކާޕެންޓަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނބަލުން ޚިދުމަތްކުރާތަން ފެނިގެން ދިޔުމެވެ،“ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ބަޔާން ނިންމާލަމުން އެ ކުންފުނީގެ ކާމިޔާބީގައި އެކި އެކި ދާއިރާތަކުން ޚިދުމަތްކޮށްދީފައިވާ އަދި ޚިދުމަތް ކުރަމުން ގެންދާ ހުރިހާ އަންހެނުން ޝާމިލްވާނެހެން އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި