Wednesday, 9 September 2026
Ads by

ޝަހުޒާން އާއި ލީވާންގެ ގޮޅިން ފޯނު ފެނުނު މައްސަލައިގެ ތަހުގީގު ފަށައިފި

ޝަހުޒާން އާއި ލީވާންގެ ގޮޅިން ފޯނު ފެނުނު މައްސަލައިގެ ތަހުގީގު ފަށައިފި

ޖަލުގައި ބަންދުކޮށްފައި ތިބި ދެ ގައިދީން ކަމަށްވާ ޝަހުޒާން އާއި ލީވާން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރެއްވި ގޮތުގައި، މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަނީ ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ބަލައި ފާސްކޮށްފައެވެ. މި ފާސްކުރުން ކުރިއަށް ގެންގޮސްފައިވަނީ އެ ދެމީހުންގެ ކުރިމަތީގައެވެ. މި ހޯދުމުގެ ތެރޭގައި އެ ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހުޒާން ވަނީ އޭނާއާއި ލީވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، މިނިސްޓަރު އިހުސާން ވިދާޅުވީ ޝަހުޒާން ދައްކަމުންދާ އެ ވާހަކަތަކަކީ ”100 އިންސައްތަ ދޮގު“ ވާހަކަތަކެއް ކަމަށެވެ. ޖަލުގައި ހިނގާ މިފަދަ އިދާރީ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަން ނޫން ކަމަށާއި، ރައީސްގެ ފަރާތްޕުޅުން ޖަލުގެ މިފަދަ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދުވަހަކުވެސް ދެއްވާފައި ނުވާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.

މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ގޮޅިން މަނާ އެއްޗެއް ފެނުމާ ގުޅިގެން އެ ދެމީހުން މޮނިޓާ ކުރެވޭ ގޮތަށް ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ ޖަލުގައި އަމަލުކުރާ އާންމު އުސޫލުތަކުގެ ދަށުންނެވެ. އަދި އެ ގޮޅިތައް ވަކި އިންޓަވަލްތަކެއްގައި ބަލައި ފާސްކުރަމުންދަނީ ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ކަމަށާއި، މިއީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ތިން ނޫސްވެރިއަކު ސުވާލުކުރުމުން ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެ މައުލޫމާތުތައް ރައްޔިތުންނަށް ސާފުކޮށްދީ، ހަގީގަތާ އެއްގޮތަށް ރިޕޯޓްކޮށްފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ގައިދީން ތިބޭ ގޮޅިން ފެނުމަކީ ސީރިއަސް މައްސަލައަކަށް ވާތީ، މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އެސްފީނާ
އެސްފީނާ
3 މަސް ކުރިން

އެމީހުން ޖަލަޢް ދިޔައިރު ގެންދިޔަ ފޯނެއްތޯ އެއީ ވަރަޢްފަހުން ބޮޑީ ސްކޭން މެޝިނެއް ބެހެއްޓި ވާހަކަ އިވުނު އޭތި ހަލާކުވީތޯ ނޫނީ މަތިން އެގޮޅިއަޢް ވެއްޓުނު ފޯނެއްބާ!

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި