Saturday, 24 October 2026
Ads by

މޯލްޑިވިއަންގެ 2 ވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅަށް ގެންނަނީ

މޯލްޑިވިއަންގެ 2 ވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅަށް ގެންނަނީ

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު---

ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ދަތުރުތައް މިހާރަށްވުރެ ބޮަޑަށް ފުޅާކުރުމަށް ކުރަަމުންދާ މަސައްކަތްތަކުގެ ދަށުން، ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިޔާސް މި މޭރުމުން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގައުމީ އެއަރލައިންގެ ފްލީޓަށް އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަށްފަހު، ދެވަނަ ބޯޓު ގެނައުމުގައި ބައިނަލްއަގްވާމީ ބާޒާރުގައި މަތިންދާބޯޓުތަކަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ހާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑްބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ،“ – އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވި ގޮތުގައި، އެއަރބަސް ކުންފުންޏާއެކު ކުރެވުނު މަސައްކަތުގެ ދަށުން އުންމީދީ ނަތީޖާއެއް މިހާރު ލިބިފައިވާއިރު، މި އަހަރުގެ ފަހުކޮޅު ދެވަނަ މަތިންދާބޯޓު ލިބުމާއެކު ބައިނަލްއަގްވާމީ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ރަޝިޔާއާއި ދެކުނު ކޮރެއާއަށް ސީދާ ދަތުރުތައް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

މޯލްޑިވިއަންއިން މިހާރު ގެންގުޅޭ އެއަރބަސް އޭ 330-200 މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓަކީ ޖުމުލަ 264 ފަސިންޖަރުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ޗައިނާ، އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން އޮސްޓްރޭލިއާއަށް  ވަނީ ދަތުރުތައް ފަށައިފައެވެ. މީގެ އިތުރުން ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ވެސް މި މަތިންދާ ބޯޓު ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.

މި ސަރުކާރުގެ އަމާޒަކީ ގައުމީ އެއަރލައިންގެ ހިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާކުރެވޭނެ ގޮތްތައް ހޯދައި މިހާރަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި