Saturday, 17 October 2026
Ads by

ފަހި ފުލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމަނީ

ފަހި ފުލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމަނީ

ހުޅުމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: ޕީއެސްއެމް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފުލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

Ad Image
Ads by

އެ ސަރަހައްދުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ޒޯން 1 އިން ފެށިގެން ޒޯން 6 އާއި ހަމައަށް ހުރިހާ ޒޯނެއްގެ މަގުތަކުގައި ގާ އެތުރުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަކުރަމުން އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރީތިގަސް މަގު ހިމެނޭ ޒޯން 7 ގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، މަގު ބައްތި ހަރުކުރުމުގެ 85 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި މަގުތަކުގެ ދުވާރާއި އުޅަނދުތައް ޕާކުކުރާ ސަރަހައްދުތަކުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފުލެޓުގެ ތެރޭގައި ހިމެނެނީ 17 ފަންގިފިލާގެ 32 ޓަވަރެވެ. އެއީ އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެސްގެ 16 ޓަވަރެވެ. އެ ސަރަހައްދަކީ ގިނަ އާއިލާތަކެއް މިހާރު ވެސް ދިރިއުޅޭ ސަރަހައްދެއް ކަމަށްވުމުން އެ ސަރަހައްދުގެ މަގުތައް ހަލުވި ދުވެއްޔެއްގައި ނިންމުމަކީ އެޗްޑީސީގެ އަމާޒެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި