Ads by
ޚަބަރު
ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އެއަރކޯން ހަރުކުރުމަކީ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އެދިއެދި ހުރިކަމެއް, އެކަން ރައީސް ޞާލިޙް ކޮށްދެއްވާނެ: ރޮޒައިނާ

ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި އެއަރކޯން ހަރުކުރުމަކީ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އެދިއެދި ހުރިކަމެއް ކަމަށާއި އެކަން ރައީސް ޞާލިޙް ކޮށްދެއްވާނެ ކަމަށް އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ތައުލީމީ ދާއިރާއާއެކު ކަމަށެވެ. އަދި ވައުދުވެ މިހާރު ފުއްދާފައިވާ ކަންތައްތަކުގެ ތެރޭގައި މުއްސަނދި އުނގެނުމަށް ފިލާ ޕޮޓަލް ތައާރަފްކޮށް, ރަށްރަށަށް ބޭނުންވާ ސެޓެލައިޓް ކްލާސްރޫމްތައް ގާއިމްކޮށްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އުފާވެރި މެނިފެސްޓޯގައި ކުރިޔަށް ކުރަން ހުރި ކަންތައްތަކުގެ ތެރޭގައި ރަނގަޅު ދިރިއުޅުމަކުން ސްކޫލު ކުޅިވަރުތައް ފުޅާކުރުމާއި ހުރިހާ ސްކޫލެއް ވެސް އެއާކޮންޑިޝަން ކުރުން ހިމެނެއެވެ.

ރޮޒައިނާ މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިއަދު ތިބީ އުފަލުން ކަމަށާއި ޒަމާންތަކެއް ވަންދެން އެ ރައްޔިތުންނަށް ނުލިބި ހުރި އަސާސީ އެތައް ހިދުމަތްތަކެއް މި ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ރައީސް ޞާލިޙަކީ ހަމައެކަނި ނަމުން ސޯލިހު ބޭފުޅެއް ނޫން ކަމަށާއި އެއީ ކަމުން ސޯލިހު ބޭފުޅެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *