Ads by
ޚަބަރު
ރައީސް ޔާމީންގެ ވެރިކަމުގައި ޒުވާނުންނަށް އެއްލައްކައަށް ވުރެ ގިނަ ވަޒީފާ ތަނަސް ކޮށްދެއްވި, މި ސަރުކާރުން ކުރީ ބާކީ: މުޢިއްޒު 

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޒުވާނުންނަށް އެއްލައްކައަށް ވުރެ ގިނަ ވަޒީފާ ތަނަސް ކޮށްދެއްވި ކަމަށާއި ނަމަވެސް މި ސަރުކާރުން ކުރީ ބާކީ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ ކެމްޕޭންގައި ލ.ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޒުވާނުންގެ ތަސައްވަރާއިއެކު ޒުވާނުންނަށް ކުރިއަށް ވެރިކަމުގައި އެކަން އިޔާދަކޮށް ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.

އަދި ކޮންޓްރެކްޓް އުސޫލުން ރިސޯޓުތަކުގައި އެކި ތަފާތު މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެނީ ކުޑަ ރީޓޭނަރއެއް ކަމަށާއި މިކަމަށް ޤާނޫނީ ބާރުދީގެން އެރީޓޭނަރ ބޮޑުކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އޮފްޑޭތައް އެއްކޮށްލައިގެން 8-12 ދުވަސް އަހަރަކު ތިން ވަރަކަށް ފަހަރު ޗުއްޓީ ނެގޭގޮތަށް ޤާނޫނަށް އިސްލާޙު ގެނެސްގެން، ޤަވައިދު ބަދަލުކޮށްގެން ޢާއިލާއާއެކީ ވަގުތު ހޭދަކުރެވޭނެ ފުރުޞަތު ހޯދައިދޭނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *