ރޯދަމަހު ހެޔޮ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފިއެވެ.

Ads by MN Maldives
އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް މިހާރު 17 ރުފިޔާއަށް ވިއްކަމުން އަންނަ ކަމަށެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކީ 20 ރުފިޔާއަށެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ، ފިޔާ ބަސްތާއެއް މިހާރު 320 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އެއީ 130 ރުފިޔާގެ ހެޔޮވުމެކެވެ. މީގެ ކުރިން ފިޔާ ބަސްތާއެއް ވިއްކަމުން އައީ 450 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ، 10 ބަސްތާ ފިޔާ ވިއްކާނީ ބަސްތާއެއް 310 ރުފިޔާގެ މަގުން ކަމަށާއި 20 ބަސްތާ ފިޔާ ވިއްކާނީ ބަސްތާއެއް 300 ރުފިޔާގެ މަގުން ކަމަށެވެ.