Monday, 23 November 2026
Ads by

ޢީދު ނަމާދާއި ކުޅިވަރުތަކާ ގުޅިގެން މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ޢީދު ނަމާދާއި ކުޅިވަރުތަކާ ގުޅިގެން މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

މިއަހަރުގެ އަޟްޙާ ޢީދު ނަމާދާއި ޢީދު ކުޅިވަރުތަކާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. ފުލުހުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ކޮންމެ ޢީދަކާ ދިމާކޮށްވެސް ރައްޔިތުންނަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައެވެ.

Ad Image
Ads by

ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް އިމްރާން ވިދާޅުވީ، ޢީދު ނަމާދާއި ޢީދު ކުޅިވަރުތައް ކުރިއަށްދާ ވަގުތުތަކުގައި ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ. އެގޮތުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާ މާފަންނު ސްޓޭޑިއަމް ވަށައިގެންވާ މަގުތައް ކަމަށްވާ މާފަތްތަކުރުފާނު މަގާއި، އަމީނީ މަގު އަދި ހިލާލީ މަގު، ޢީދު ދުވަހުގެ ހެދުނު 6:00 އިން ފެށިގެން ނަމާދު ނިމެންދެން ބަންދުވާނެއެވެ.

ސްޓޭޑިއަމަށް ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކަށް ވަނުމަށް ވަކި ގޭޓުތަކެއް ވަނީ ކަނޑައަޅާފައެވެ. ފިރިހެނުންނަށް ވަނުމަށް ހަމަޖެހިފައިވަނީ ހިލާލީ މަގު އެފްއޭއެމް ހައުސްއާ ދިމާލުން ހުންނަ މައި ގޭޓާއި އިސްކަންދަރު ކޮށި 1 ކުރިމަތީގައިވާ ގޭޓުންނެވެ.
އަންހެނުންނަށް ހަމަޖެހިފައިވަނީ ކޯރުކެނޑި ހިނގުމުން އަމީނީ މަގަށް ނިކުމެވޭ ދިމާ ކުރިމަތީގައިވާ ގޭޓާއި ސިންތެޓިކް ޓްރެކާ ދިމާލުންވާ ގޭޓެވެ. މި ސަރަހައްދުގައި އިންތިޒާމުތައް ބެލެހެއްޓުމަށް ޓްރެފިކް ޕޮލިހުންގެ އިތުރުން ކެޑޭޓުންނާއި ގާލް ގައިޑުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުތައް ބަންދުކުރާނީ އާންމުކޮށް ހުކުރު ނަމާދު ވަގުތުތަކުގައި ބަންދުކުރާ އުސޫލުން ކަމަށެވެ. ފުލުހުން ވަނީ ޢީދު ނަމާދު ކުރާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް އިލްތިމާސްކުރައްވާފައެވެ. އެ އުޅަނދުތައް ޓޯ ނުކުރި ނަމަވެސް، ނަމާދު ވަގުތަށް ސަރަހައްދު ހުސްކުރުމުގެ ގޮތުން އެހެން ތަންތަނަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޢީދު ނަމާދުގެ އިތުރުން، ޢީދު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ބައެއް މަގުތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ސަލްޓަން ޕާކު، އިސްލާމީ މަރުކަޒުގެ މާބަލް އޭރިއާ، ޖުމްހޫރީ މައިދާން އަދި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުތައް ހިމެނެއެވެ.

މިއަހަރުގެ ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2 ގެ ކުޅިވަރު އެކުވެނީގައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
bila
ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑައްޔާއެކު ޔޭލް ޔުނިވަސިޓީގައި ބޭއްވި މުބާރާތަކުން ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް!
8a2fa676-0aad-4db3-864d-4a7ea76ad563
އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް ބޭއްވި މަޝްވަރާތައް އެއްބަސްވުމަކަށް ނާދެވި ނިމިއްޖެ
img_md_202611230627211795397241
ދުޝްމަނުން ބަލިކޮށް ނިކަމެތިކޮށްލާނެ ކަމުގެ އިންޒާރާއެކު އީރާނުން އާ މިސައިލް ލޯންޗަރެއް އާންމުކޮށްފި
russia
ޑްރޯން ހަމަލާއަކާ ގުޅިގެން ރަޝިޔާގެ މުދާ އުފުލާ ބޯޓެއްގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި