Wednesday, 9 September 2026
Ads by

ބޮޑު ޖަމާއަތުގައި އިމާމުވެ ޢީދު ނަމާދުކުރައްވާ ޚަތީބުން ކަނޑައަޅައިފި

ބޮޑު ޖަމާއަތުގައި އިމާމުވެ ޢީދު ނަމާދުކުރައްވާ ޚަތީބުން ކަނޑައަޅައިފި

ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރައްވާ ޚަތީބުން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އިމާމުވެ ޢީދު ނަމާދުކުރައްވާނެ ޚަތީބުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

Ad Image
Ads by

މާލެ ސަރަހައްދުގެ ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ ތިން ސަރަހައްދަކާއި، ވިލިމާލޭގެ އެއް ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ޢީދު ނަމާދުކުރާ ސަރަހައްދުތަކުގެ ތެރެއިން، މާފަންނު ސްޓޭޑިއަމްގައި ބާއްވާ ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝެއިޚް ޢަބްދުﷲ ސަޢުދާންއެވެ. މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) ގައި ޢީދު ނަމާދުކުރައްވާނީ އައްޝެއިޚް މުޙައްމަދު ލަޠީފްއެވެ. އަދި މަސްޖިދުލްމަލިކި ސަލްމާންގައި ޢީދު ނަމާދުކުރައްވާނީ އައްޝައިޚް އިބްރާހިމް ރަޝީދު ޙަސަންއެވެ.

ހުޅުމާލޭގައި ޢީދު ނަމާދުކުރާ ސަރަހައްދުތަކުގެ ތެރެއިން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ބާއްވާ ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝެއިޚް ނަޞްރުﷲ ޢަލީއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި ޢީދު ނަމާދުކުރައްވާނީ އަލްހާފިޡް މުޙައްމަދު ޙަނޫން ޙުސައިންއެވެ. މީގެ އިތުރުން ވިލިމާލޭ ފުޓުބޯޅަ ދަނޑުގައި ބާއްވާ ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރައްވާނީ އަލްޤާރީ އަޙްމަދު ރިޔާޟްއެވެ.

މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް ޢީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އަހަރު ވެސް ޢީދު ނަމާދުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:00 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި