Wednesday, 9 September 2026
Ads by

މާތްﷲ އަށް ތަގުވާވެރިވެ، އިސްލާމްދީނުގެ ތައުހީދުގެ މަތީގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެއްޖެ

މާތްﷲ އަށް ތަގުވާވެރިވެ، އިސްލާމްދީނުގެ ތައުހީދުގެ މަތީގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެއްޖެ

މި އަހަރުގެ ޙައްޖު ދުވަހުގެ ޚުޠުބާ ޝެއިޚް އިލްޔާސް ދެއްވަނީ--- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން

މި އަހަރުގެ ޙައްޖު ޚުޠުބާގައި، މާތްﷲ އަށް ތަގުވާވެރިވެ، އިސްލާމްދީނުގެ ތައުހީދުގެ މަތީގައި ސާބިތުވެ ތިބުމަށް މުޅި އިސްލާމީ އުއްމަތަށް ގޮވައިލައިފިއެވެ.

Ad Image
Ads by

މިއަދުގެ ޚުޠުބާ ފަށަމުން އެންމެ ފުރަތަމަ ވެސް ހަނދާންކޮށްދިނީ ޙައްޖު ސޫރަތުގެ ފުރަތަމަ ދެ އާޔަތެވެ. އެ އާޔަތްތަކުގައި ބަޔާންކުރައްވާފައިވަނީ ގިޔާމަތްވުމުގެ ބިރުވެރިކަމާއި، އެދުވަހުގެ ގަދަފަދަ ޒަލްޒަލާއިން ސަލާމަތްވުމަށްޓަކައި މާތްﷲ އަށް ތަގުވާވެރިވުމުގެ މުހިއްމުކަމުގެ މައްޗަށެވެ. ތަގުވާވެރިވުމަކީ އެއްކައުވަންތަ މާތްﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބައި، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުންކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ، އެއީ އީމާންކަމުގެ ރުކުންތައް ފުރިހަމަކުރުން ކަމަށެވެ.

މީގެ އިތުރުން، މުއުމިނުންގެ އެންމެ ބޮޑު ޝިއާރަކީ ތައުހީދު ކަމަށްވާއިރު، އިސްލާމްދީނުގެ ފަސް ރުކުން ކަމަށްވާ ޝަހާދަތުގެ ދެކަލިމަ ކިޔުމާއި، ނަމާދާއި، ޒަކާތާއި، ރަމަޟާން މަހުގެ ރޯދަ އަދި ޙައްޖު ބިނާވެގެންވަނީ މި މަތިވެރި ތައުހީދުގެ މަތީގައި ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ކަން މިހެން އޮތް އިރު މާތްﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ، ހަޔާތުގައި ދިމާވާ ކޮންމެ ކަމަކަށް ވެސް ކެތްތެރިކަން އިސްކޮށް ޝުކުރުވެރިވުމަށް ނަސޭހަތްތެރިވަމުން ޚުޠުބާގައި ވަނީ ކެތްތެރިންނަށް މާތްﷲ ހެޔޮ ދަރުމަ ދެއްވާނެކަން ހަނދާންކޮށްދީފައެވެ. އަދި އެކަލާނގެ އާޔަތްތަކަށް ދެކޮޅުހަދައި، ނުކިޔަމަންތެރިވި ކުރީގެ އުއްމަތްތައް ހަލާކުކުރެއްވި ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވައި، އެކަންކަމުން އިބުރަތް ލިބިގަތުމަށް ޚުޠުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

ޙައްޖު ދުވަހުގެ ޚުޠުބާ ނިންމައިލީ، އަނިޔާ ލިބެމުންދާ މުސްލިމް އަހުންނާއި އުހްތުންނަށް ކެތްތެރިކަމާއި ނަސްރެއް ދެއްވުމަށާއި، މުސްލިމް އުއްމަތް އެއްބައިވަންތަ ކުރައްވައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމަށް އެދި ދުއާ ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި