Wednesday, 9 September 2026
Ads by

ޢީދު ހަވީރު 1447 ގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް!

ޢީދު ހަވީރު 1447 ގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް!

އެމްއޭސީއެލް އީދު ހަވީރު 1445 ގެ ތެރެއިން..

ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރިއަށްގެންދާ ”ޢީދު ހަވީރު 1447“ ފެސްޓިވަލުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވާން ނިންމައިފިއެވެ.

Ad Image
Ads by

މި ފެސްޓިވަލް ކުރިއަށް ދާނީ މޭ މަހުގެ 27 އިން 29 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ ފަރާތުން ހުޅުމާލެ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައި ޚާއްޞަ ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކަށް އިސްކަންދީގެން އިންތިޒާމުކުރާ މި ހަރަކާތުގައި ކޯޑީ ހިފުމާއި، ބޮޑުބެރާއި، މާލި ނެށުން ފަދަ ސަޤާފީ ކުޅިވަރުތައް ފެނިގެންދާނެއެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތަކާއި، ފަނުން ޒީނަތްތެރިކޮށްފައިވާ ”ޓްރީހައުސް“ (ގަސްމަތީ ގެ) އެއް ވެސް މި ސްޓޯލްގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާއިލީ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް އަދި ބަބުލް ހައުސް ފަދަ މަޖާ ކުޅިވަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ހިމަނާފައިވެއެވެ. އަދި ކުޑަކުދިންނަށް ހީނާ އާޓް އާއި ފޭސް ޕެއިންޓިންގް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ޢީދު ހަރަކާތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އެއް ކަމަކަށް އޮންނާނީ، ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމެވެ.

އެމްއޭސީއެލް އިން ވަނީ އަޟްޙާ ޢީދުގެ މި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.

މި ހަރަކާތަކީ ޢީދުގެ ފޯރި ގަދަކޮށް، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި