Wednesday, 12 August 2026

Ads by

ޢަރަފާތް ދުވަހުގެ މާތްކަމަށް އަވަސްވެގަންނާށެވެ!

ކޮންމެ އަހަރުކު އަދާކުރާ ޙައްޖުގެ މާތް އަޅުކަމުގެ ތެރެއިން، މުސްލިމް ޙައްޖުވެރިން ޢަރަފާތް ބިމަށް (ޢަރަފާތް ފަރުބަދަ ކައިރިއަށް) ޖަމާވެފައިވާތަން (އަލްޖަޒީރާ)

بسم الله الرحمن الرحيم
والصلاة والسلام على سيد ولد آدم أجمعين
أما بعد:

ފަހެ ނިޢުމަތްތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ ނިޢުމަތްތައް ސިލްސިލާވުމެވެ. އަދި ރަޙްމަތްތައް ތަކުރާރުވެވުމެވެ. އަދި ފުރުޞަތުތައް ގިނަގުނަވުމެވެ. ފަހެ ވަކި ޒަމާނަކަށް ފެތިފައިވާ ނިޢުމަތެއް އަހަރެމެންނާއި ވަކިނުވޭ، އެހެނަސް ﷲ އެއާއި އެއްފަދަ ނޫނީ އެއަށްވުރެ ހެޔޮ އެއްޗެއް އަހަރެމެންނަށް މިންވަރު ކުރައްވާގޮތެއްގައި މެނުވީއެވެ.

އެހެންކަމުން އޭފަހެ ނަރަކައިން މިންޖުވުމަށް
އެދިގަނެގެންވާ މީހާއެވެ! އަދި ފާފަތަކުން ފުއްސެވުމާއި ނުތަނަވަސްކަމުން ފާގަތިކަމަށް އެދޭ މީހާއެވެ. ތިބާގެ ރައްބަށް އެނބުރޭށެވެ. އެހެނީ އެއިލާހު ތަޥްބާވާ ބަޔަކަށް ތަޥްބާ ލައްވަތެވެ.

އަދި ތިބާއަށް އެނގޭނޭފަދައިން ތިބާ ތިވަނީ ބޮޑުވެގެންވާ ދުވަހެއްގެ ހިޔަލުގައެވެ. އަދި މަތިވެރި ފަޟުލެކެވެ. އެހެންކަމުން ކުރިޔަށް ހިނގާށެވެ. އަދި ﷲ ގެ އިޛުނައާއިއެކު ހެޔޮހުއްޓެވެ. އެއީ އެއަކުން (ނަރަކައިން) މިންޖުކުރެއްވުމާއި މަޣުފިރާ އެކުލެވޭ އަސްބާބުތަކެވެ. އަދި މިފަދަ ސަބަބުތަކުގެ ތެރޭގައި ވަނީ، ޢަރަފާތުގެ ދުވަހެވެ. އެދުވަހަކީ އެނޫން އެއްވެސް ދުވަހެއްގައި ލައްވަފައިވާ ނުވާ ފަޟުލުތައް އެދުވަހެއްގައި ﷲ ލެއްވެވި ދުވަހެވެ. މިހެންކަމުން ބައެއް އިމާމުން މިފަދައިންވެސް ވިދާޅުވިއެވެ: އެއީ އަހަރުގެ އެންމެ ފަޟުލުވަންތަ ދުވަހެވެ.

ޢަރަފާތް ދުވަހުގެ ފަޟުލުތަކުގެ ތެރޭ ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:

• އެއީ ދީން ކާމިލު (ފުރިހަމަ) ކުރައްވައި (ﷲ ގެ) ނިޢުމަތް ފުރިހަމަ ކުރެއްވުނު ދުވަހެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا﴾ (المائدة :3)
(މިއާޔަތުގެ މާނައީ: މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)

• އެއީ އިސްލާމީ އަހުލުންތަކަށް ވާ ޢީދެކެވެ. (މިއީ ޢުމަރު އާއި އިބްނު ޢައްބާސް އަރިހުން ވާރިދުވެފައިވާ ފަދައިންނެވެ.)

• އެއީ ދުވަސްތަކުގެ ތެރެއިން އެންމެ ފަޟުލުވެރި ދުވަސް ކަމުގައި ރިވާވެފައިވުމެވެ. (އެއީ އިބްނު ޙިއްބާން ގައި ވާރިދުވެފައިވާ ފަދައިންނެވެ.)

• އެދުވަހަކީ ފާފަތައް އުރެދުންތަައް ފުއްސަވާނޭ ދުވަހެއް ކަމެވެ. އަދި ނަރަކައިން މިންޖުކުރެއްވޭނޭ ދުވަހެއް ކަމެވެ.

• އެދުވަހަކީ ﷲ تعالى (ޢަރަފާތުގައިވާ) މީސްތަކުންނާއި މެދު ޘަނާ ކިޔުއްވާ ދުވަހެވެ. (ފަޚުރުވެރިވެ ވޮޑިގަންނަވައެވެ.)

• އެދުވަހަކީ ގާތަށް ގާތްވެވޮޑިގަންނަވާ ދުވަހެވެ. ޢާލަމްތަކުގެ ރައްބު، ފާފާވެރިންނަށް ފުއްސަވާ ވޮޑިގެންވާ އިލާހު އެދުވަހުން މީސްތަކުންނާއި ގާތަށް ގާތްވެވޮޑިގަންނަވައެވެ. މިކަމަށް ދަލީލު ވަނީ ރަސޫލުންގެ ސައްޔިދުގެ ޙަދީޘް ފުޅުންނެވެ. އެއީ އިމާމް މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙު ގައި، އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها އަރިހުން ރިވާކުރެއްވި ފަދައިންނެވެ:
«مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ»
(އެހެންކަމުން އޭ ﷲ ގެ އަޅާއެވެ. ހެޔޮ ފާއިތުވެއްޖެ ކަމަށް ހީނުކުރާށެވެ. ތިބާ ތިއެދޭ ކަންތައް މިއޮތީ ލޯކުރިމަތީގައެވެ.)

އެހެންކަމުން އަވަސްވެ އަވަސްވެގަންނާށެވެ. ފައިތިލަ ޘާބިތުކޮށް ޘާބިތުވާށެވެ. ﷲ ޙަޟުރަތަށް ތަޥްބާވެ، ފާފަތައް އެއިލާހު ފުއްސާވާނޭ ފަރާތެއް ނުވާ އިލާހަށް އެނބުރޭށެވެ.

• އަދި ޖުމްލަކޮށް މިދުވަސް ތަކުގައި ކުރެވޭ ޢަމަލުތަކަކީ އެންމެ ހެޔޮވެގެންވާ ޢަމަލުތަކެވެ. އެބަހީ މިދިހަ ދުވަހުގައެވެ. އަދި ޢަރަފާތް ވަނީ މީގެ ތެރެއިންނެވެ. އަދިކިއެއްތަ؟ ނަޙުރު ގެ ދުވަސް (ޢީދު ނުވަތަ ކަތިލުމުގެ ދުވަސް) ވެސް ހިމެނެނީ މީގެ ތެރެއިންނެވެ.

އިތުރުއެކަލޭގެފާނުން صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ:
«ما العمل في أيام أفضل منها في هذه» رواه البخاري
(މި ދިހަ ދުވަހުގައި ކުރެވޭ ޢަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާ އެއްވެސް ޢަމަލެއްނުވެ އެވެ.)

އެއީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ދަމުނަމާދާއި އިސްތިޣުފާރު ފަދައެވެ. އަދި ޞަދަޤާތާއި ޢިލްމު ހޯދުމާއި، ﷲ ގެ މަގުގައި ޖިހާދު ކުރުމާއި އަދި އެނޫން އެންމެހާ ޞާލިޙު ޢަމަލުތަކެވެ.

އަދި ޢަރަފާތް ދުވަހުގެ ޢަމަލުތަކުގެ ތެރެއިން ސުންނަތުން ވާރިދުވެފައިވާ އަދި ސަލަފުން ދައްކަވާފައިވާ ކަންކަމުގެ ތެރޭގައި:

• އެދުވަހުގެ ރޯދަ: މުސްލިމް އަދި އެނޫން ބޭކަލުން ރިވާކުރެެއްވި ފަދައިން، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
«صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده»
(ޢަރަފާތް ދުވަހުގެ ރޯދައިން ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއް ކަމުގައި ލެއްވުމަށެވެ.)

• އޭގައި ކުރެވޭ ދުޢާ، މިއީ، ދެޤަޥްލުން ކުރެ އެއްޤަޥްލުގައިވާ ފަދައިން، ޙާއްޖީންނާއި އެނޫން މީހުންނަށް ޢާންމުގޮތެއްގައެވެ. ޢަބްދު ﷲ ބުނު ޢަމްރު ބުނުލް ޢާޞް رضي الله عنهما އަރިހުން، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ:
«خير الدعاء دعاء يوم عرفة»
(އެންމެ ހެޔޮ ދުޢާ އަކީ ޢަރަފާތު ދުވަހުގެ ދުޢާއެވެ.)
[رواه الترمذي 3585, وحسَّنه الألباني]

އަދި މުރްސަލް ކޮށް މާލިކު ރިވާކުރެއްވިއެވެ:
«أفضل الدعاء دعاء يوم عرفة»
(އެންމެ ފަޟުލު ވެރި (މަތިވެރި) ދުޢާ އަކީ، ޢަރަފާތް ދުވަހުގެ ދުޢާއެވެ). [وحسَّنه الألباني]

އަލްބާޖީ رحمه الله ވިދާޅުވިއެވެ: އެބަހީ: އެންމެ ބަރަކާތްތެރި އަދި ޘަވާބުގެ ގޮތުން ބޮޑީ ޛިކުރުގައެވެ. އަދި އިޖާބަވުން އޭގައި ގާތެވެ. [شرح الموطأ 358/1]

• الله تعالى ވަޙީ: ”وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ“(الحج : الآية 28)
މާނައީ: ”އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކުގައި ތިޔަބައިމީހުން ﷲ ޛިކުރު ކުރާށެވެ.“ އިބްނު ޢައްބާސް ވިދަޅުވިއެވެ: އެނގިގެންވާ ދުވަސްތަކުގައި؛ (ޙައްޖުމަހުގެ) ދިހަ ދުވަހެވެ. (علقه البخاري عنه بصيغة الجزم به) އަދި ޛިކުރު ގެ ގޮތުގައި މިހިމެނެނީ، އެއިލާހު މަތިވެރި ކުރާ، ހުސްޠާހިރުކޮށް، ހިދާޔަތް ދެއްވި އެތީގެ މައްޗަށް ޙަމްދު ކުޅައުމުގެ ތެރޭވާ އެންމެހާ އެއްޗެކެވެ.

وأسأل الله أن لا يمر بنا خير إلا ووفقنا لإصابته إنه غني كريم

وصلى الله وبارك على سيدنا محمد وعلى آله وصحبه ومن تبعهم بإحسان الى يوم الدين.

ލިޔުއްވީ: އަބޫ އައްޔޫބް އަލްޙުސައިނީ

ތަރުޖަމާކުރީ: ގަލަންދާނު

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް