Wednesday, 9 September 2026
Ads by

ސަފީރުކަމުގެ ފަތްކޮޅު އަރުވަން މަހުލޫފް ކުރެއްވި ކުރުނީސް، މުސްލިމުން ކުރަން ހެޔޮވާވަރު ކަމެއްނޫން: ޒައިދު

ސަފީރުކަމުގެ ފަތްކޮޅު އަރުވަން މަހުލޫފް ކުރެއްވި ކުރުނީސް، މުސްލިމުން ކުރަން ހެޔޮވާވަރު ކަމެއްނޫން: ޒައިދު

ޖަޕާނަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، އަދި ކުރީގެ ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފް، އެޤައުމުގެ އެމްޕެރާ ނަރުހިޓޯއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ޢަމަލުކުރެއްވި ގޮތާ ގުޅިގެން ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި ރަސްމިއްޔާތު ބާއްވާފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުންނަ އިމްޕީރިއަލް ޕެލަސްގައެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ ހިސް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ވަނީ ސަފީރު މަހްލޫފަށް މަރުޙަބާ ވިދާޅުވެ، އޭނާގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ރަސްމިއްޔާތުގެ މަންޒަރުތަކުން ފެންނަ ގޮތުގައި، މަހްލޫފް ވަނީ އެމްޕެރާއަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން ވަރަށް ބޮޑަށް ގުދުވެވަޑައިގެން ކުރުނީސްކުރައްވާފައެވެ.

މިކަމާ ގުޅިގެން ޝެއިޚް ޢަލީ ޒައިދު ވިދާޅުވީ، އެ މިންވަރަށް ގުދުވުމަކީ އިޙުތިރާމް އަދާކުރުމުގެ ގޮތުން ވިޔަސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ޝެއިޚް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކާފިރުން ކުރާ ކަންތައްތައް އެމީހުން ކުރާ ގޮތަށް ކޮޕީ ކުރުމަކީ، ނޭނގި ތިބެ ދީނާ ބީރައްޓެހި އަދި ދީނާ ދުރު ކަންތައްތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައިވެސް މަޚުލޫފަށް ވަނީ ގިނަ ދީނީ ޢިލްމުވެރިންގެ ނުރުހުން އަމާޒުވެފައެވެ. ސަބަބަކީ ފާޅުވެގެންވާ ބޮޑު މުންކަރާތެއް ކަމަށްވާ ޔޯގާ ޙަރަކާތް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހިންގުމެވެ. އަދި އޭނާ އެ މުންކަރާތް ދިފާއު ކުރުމަށް އެކަން ފެށީ ފަތިސް ނަމާދުން ކަމަށް ވިދާޅުވުން ވެގެން ދިޔައީ ގިނަ ޢިލްމުވެރިންގެ ނުރުހުން މަޚުލޫފަށް އަމާޒުވި ކަމަކަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި