Sunday, 26 July 2026
Ads by

ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސްގެ ކަންކަން މަޝްވަރާކުރެވިގެން ކުރިއަށް ގެންދެވުން: ޝުޖާއު

ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސްގެ ކަންކަން މަޝްވަރާކުރެވިގެން ކުރިއަށް ގެންދެވުން: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު ޝުޖާއު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންގްރެސްގެ ކަންކަން މަޝްވަރާކުރެވިގެން ކުރިއަށް ގެންދެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ, ޕީއެންސީގެ ސެނެޓުން ރައީސް މުޢިއްޒުގެ ހުށަހެޅުއްވުމެއް ބޭރުކޮށްލައި، އެމަނިކުފާނުގެ ނުފޫޒު ކުޑަކޮށްފި ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރި ހަބަރަކާ ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

”އަދަދު“ ނޫހުން ޝާއިއު ކޮށްފައިވާ އެ ހަބަރުގައިވާ ގޮތުން، ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ޕާޓީގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސްގެ މި ހުށަހެޅުއްވުމަށް ތާއީދު ނުލިބުނު ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، މިފަދަ ހަބަރުތަކުން ކޮންމެ މަގުސަދެއް ހާސިލުކުރުމަށް ބޭނުންވި ނަމަވެސް އެ ހަބަރަކީ ދޮގެއް ހަބަރެއް ކަމަށެވެ. ރައީސް މުޢިއްޒު ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށަނާޅުއްވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، އެފަދަ ކަމެއް އެމަނިކުފާނު ހުށަހެޅުއްވިނަމަ ވަގުތުން އެކަމަކަށް މަޝަވަރާ މަޖިލީހުން ރުހުން ދޭނެ ކަމަށެވެ.

”ކުރިއަށް އޮތީ މި ޕާޓީގެ އެންމެ ބޮޑު ދުވަސް. އެއީ ޕާޓީގެ ކޮންގްރެސް. ޕާޓީގެ ރައީސްގެ ވިސްނުންފުޅަކީ ކޮންގްރެސްގެ ކަންކަން ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކުރިއަށް ގެންދެވުން. ޕާޓީގެ ރައީސަކީ ގައުމު ހިންގެވުމުގައި ވެސް މިހާތަނަށް އެންމެ ގިނަ މަޝްވަރާ ރައްޔިތުން އަރިހުން އައްސަވައިގެން ކަންކުރެއްވި ރައީސް. މަޝްވަރާ ކުރުމާ ދެކޮޅު ވިސްނުމުގެ ބަޔަކަށް އަބަދުވެސް ވިސްނޭނީ އެންމެ ނުބައިގޮތް،“ – ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ، ޕީއެންސީގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ވިސްނުމުގައި ކުރެވޭ މިފަދަ ނާތަހުޒީބު އަމަލުތައް ނޫސްވެރިން ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އަދި ޕީއެންސީގެ ކޮންގްރެސްގެ ތައްޔާރީތަކާއި މަޝްވަރާ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ނޫސްވެރިން، ޕާޓީގެ ސްޕޯރކްސް ޕަރސަންއަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި