Saturday, 24 October 2026
Ads by

”ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަން ރައީސް މުޢިއްޒު ނާންގަވާ، ޕީއެންސީ ހިނގަނީ ޑިމޮކްރަސީގެ އުސޫލުން“

”ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަން ރައީސް މުޢިއްޒު ނާންގަވާ، ޕީއެންސީ ހިނގަނީ ޑިމޮކްރަސީގެ އުސޫލުން“

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (ވ) އަދި ރައީސް މުޢިއްޒު (ކ)---

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަން ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނާންގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޢަބްދުއްރަޙީމް މި މޭރުމުން ވިދާޅުވީ, ޕީއެންސީގެ ސެނެޓުން ރައީސް މުޢިއްޒުގެ ހުށަހެޅުއްވުމެއް ބޭރުކޮށްލައި، އެމަނިކުފާނުގެ ނުފޫޒު ކުޑަކޮށްފި ކަމަށް ބުނެ ”އަދަދު“ ނޫހުން ފެތުރި ހަބަރަކާ ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

”އަދަދު“ ނޫހުން ޝާއިއު ކޮށްފައިވާ އެ ހަބަރުގައިވާ ގޮތުން، ދާދި ފަހުން ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި ޕާޓީގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސްގެ މި ހުށަހެޅުއްވުމަށް ތާއީދު ނުލިބުނު ކަމަށެވެ.

މިކަމަށް ރައްދުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ”އަދަދު“ ނޫހުން ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޕީއެންސީގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމަން ރައީސް މުޢިއްޒު ނާންގަވާ ކަމަށާއި، އެ ޕާޓީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މިއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް. މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައެއް ނާޅުއްވާ. ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް،“ – ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި ޕީއެންސީގެ މެންބަރުން ތިއްބެވީ ރައީސް މުޢިއްޒާއެކު ގަދަކޮށް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި