Sunday, 26 July 2026
Ads by

”ޢީދު ފާހަގަކުރުމުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަނެއްޖެނަމަ މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ“

”ޢީދު ފާހަގަކުރުމުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަނެއްޖެނަމަ މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ“

ރާއްޖޭގެ މަޝްހޫރު ބައެއް ދީނީ ޢިލްމުވެރިން--- ފޮޓޯ: ޢިލްމުވެރިންގެ ގުޅުން

ޢީދު ފާހަގަކުރުމުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަތުމަކީ މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ ފަދަ ނުރައްކާތެރި ކަމަކަށްވީއިރު، އިސްލާމީ ޙުދޫދުގެ ތެރެއިން ޢީދު ފާހަގަކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައިފިއެވެ.

Ad Image
Ads by

ފަހަކަށް އައިސް ޢީދު ފާހަގަކުރުމުގެ ނަމުގައި ރާއްޖޭގައި މުންކަރާތްތަކަށް އަރައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ސްޓޭޖް ޝޯވތަކުގެ ނަމުގައި ލަވަޔާއި މިޔުޒިކް ޖަހައިގެން އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން ނެށުމާއި، ޢައުރަ ނިވާނުވާ ވަރުގެ ހެދުން އަޅައިގެން ނުވަތަ ހަށިގަނޑުގެ ވަނާތައް ފާޅުވާ ފަދަ ހެދުން އަޅައިގެން ފިރިހެނުންގެ ހިތް ދަމައިގަންނާނެހެން އަންހެންނުން ބަނޑިބަނޑިލެއްވުން ފަދަ އިސްލާމީ ރިވެތި އާދަތަކާ ޚިލާފު އެތަކެއް ޢަމަލުތަކެއް އަންނަނީ ކުރަމުންނެވެ.

ޢީދު ފާހަގަކުރުމުގެ ނަމުގައި މުންކަރާތްތަކަށް އަރައިގަތުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެފަދަ މުންކަރާތްތަކާ ދުރުހެލިވުމަށް ގޮވާލައި ޢިލްމުވެރިންގެ ގުޅުމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނުގައި ފާހަގަކުރާ ޢީދުތަކަކީ މުސްލިމުންނަށް ދެއްވި ބޮޑުވެގެންވާ ނިޢުމަތެއް ކަމަށެވެ. އެއީ މަތިވެރި އަޅުކަންތަކަށްފަހު، އެކަމުގެ ހެޔޮ ތަޢުފީޤު ދެއްވިކަމަށްޓަކައި ޝުކުރުވެރިވުމުގެ މާތް ދުވަސްތަކެއްކަން ޢިލްމުވެރިންގެ ގުޅުމުން ވަނީ ފާހަގަކޮށްފައެވެ.

ޢީދު ފާހަގަކުރުމަކީ މާތްﷲ ގެ މަތިވެރިކަން ހަނދުމަކޮށް، އެކަލާނގެއަށް ޝުކުރުވެރިވުމާ ގުޅިފައިވާ އަޅުކަމަކަށް ވީއިރު، ޢީދު ފާހަގަކުރުމުގެ ނަމުގައި، ދީނީ އަދި އިޖުތިމާޢީ މިންގަނޑުތަކުން ބޭރުވެ، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ފާހިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަކީ، މާތްﷲ މަތިވެރިކުރައްވާފައިވާ މިފަދަ ދުވަސްތަކެއްގެ ޙުރުމަތް ކަނޑާލުމުގެ ތެރެއިން ވާނެ ކަމެއްކަން ހަނދާންކޮށްދެމުން ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ، މިފަދަ މުންކަރާތްތަކަށް އަރައިގަތުމަކީ މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅިދާނެ ނުރައްކާތެރި ކަމެއް ކަމަށެވެ.

މާތްﷲ ދެއްވި ހިދާޔަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި، މުންކަރާތްތަކަށް އަރައިގަތުމަކީ ނިޢުމަތްތަކަށް ކުފުރުވެރިވުންކަން ޢިލްމުވެރިންގެ ގުޅުމުން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.

ކަން މިހެން އޮތުމާއެކު ޢީދުގައި އެކިއެކި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މާތްﷲ ގެ ގަދަފަދަ އަޒާބަށް ބިރުވެތިވެ، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން ދުރުހެލިވުމަށް އެގޮތުން، ޢީދު ފާހަގަކުރުމުގެ ނަމުގައި ދެ ޖިންސު މަސްހުނިވެ ލަވަޔާއި މިއުޒިކްގެ ޙަރަކާތްތައް ބޭއްވުމާއި، ފިރިހެނުންނާއި އަންހެނުން ވެސް ޢައުރަ ނިވާ ނުވާ ގޮތަށް ހިންގާ ހުރިހާ ޙަރަކާތްތަކަކުންނާއި، އިސްލާމީ އަދަބު އަޚްލާޤާ ޚިލާފު އެންމެހައި ކަންކަމުން ދުރުހެލިވުމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ ގޮވާލައިފައެވެ.

ހަމައެހެންމެ ފަރުޟު އަޅުކަންތަކަށް ރައްކާތެރިވުމަށާއި، ސަރުކާރުގެ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން ޖަމުޢިއްޔާތަކުން ޢީދުގެ ޙަރަކާތްތައް އިސްލާމްދީނުގެ ޙުދޫދުގެ ތެރެއިން ރާވައި އިންތިޒާމުކުރުމަށާއި ބެލެނިވެރިން ވެސް ދަރިން ބައިވެރިވާ ޙަރަކާތްތައް ހިންގަނީ އިސްލާމްދީނުގެ ޙުދޫދުގެ ތެރޭގައިތޯ ގާތުން ބަލައި ފާރަވެރިވުމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މި ދުވަސްތަކުގައި އިސްލާމީ ރިވެތި އާދަތައް ދިރުވާ އާލާކޮށް، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ހަދިޔާ ބަދަލުކުރުމާއި، މުސްލިމުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުން އިތުރުކުރުމަށް ވެސް ޢިލްމުވެރިންގެ ގުޅުމުން ވަނީ ނަސޭޙަތްތެރިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި