Wednesday, 9 September 2026
Ads by

އައްޑޫގެ ތަރައްޤީއަށް ވަޒީރުންނާ ސުވާލުކުރަނީ ޕީއެންސީގެ މެންބަރުން: އަޒާން

އައްޑޫގެ ތަރައްޤީއަށް ވަޒީރުންނާ ސުވާލުކުރަނީ ޕީއެންސީގެ މެންބަރުން: އަޒާން

އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މެންބަރުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އަޒާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ސައީދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައެވެ.

މަޖިލީހުގެ މެންބަރުންގެ ޒިންމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ، މެންބަރުންނަކީ މަޝްރޫއުތައް އަމަލީގޮތުން ހިންގާ ބައެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. މެންބަރުންގެ މަސްއޫލިއްޔަތަކީ ރައްޔިތުން އެދޭ ގޮތަށް ބާރު މިނުގައި މަޝްރޫއުތައް ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އަޒާން ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ސޯދިޤް (ސޯބެ) އާ މެދު ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އަޒާން ވިދާޅުވި ގޮތުގައި އިދިކޮޅުން ސޯބެ މަޖިލީހަށް ވައްދަން ބޭނުންވަނީ ޤައުމުގެ ހަމަޖެހުން ނަގައިލުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށެވެ.

”މިވަގުތުވެސް އައްޑޫ ތަމްސީލުކުރާ އެމްޑީޕީގެ ދެ މެންބަރުން އެބަތިއްބެވި. އެކަމަކު ވަޒީރުން ހާޒިރުކޮށް އައްޑޫގެ ކަންކަމާ ސުވާލުކުރަނީ ޕީއެންސީ މެންބަރުން. އެމްޑީޕީ މެންބަރުން ގިނަ ފަހަރަށް މަޖިލީހަށް ހާޒިރެއް ނުވޭ. ހާޒިރުވިޔަސް ތިއްބަވަނީ ކުޑަދޮށުގައި ވާހަކަދައްކަވަން،“ އަޒާން ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސަރުކާރެއް އޮތްއިރު، އެ ޕާޓީގެ މެންބަރުންނަށް ވަޒީރުންނާ ސުވާލުކުރަން ކެރިވަޑައިނުގެންނެވި ކަމަށެވެ. ނަމަވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވަނީވެސް ޕީއެންސީގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސައީދާ ބެހޭގޮތުން އަޒާން ވިދާޅުވީ، އޭނާއަކީ ކަންކަން ނުވެގެން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، ސައީދު ހޮވިވަޑައިގެންފިނަމަ ވަޒީރުން ތިއްބަވާނީ އޭނާގެ ސަބަބުން ”ނޭވާނުލެވޭ“ ހިސާބުގައި ކަމަށެވެ.

އައްޑޫގެ މަޝްރޫއުތައް ލަސްވެފައިވާކަން ސަރުކާރުން ޤަބޫލުކުރާ ކަމަށާއި، ނަމަވެސް ރައީސް މުޢިއްޒު ދެއްވި ޔަގީންކަމަކީ ހުރިހާ މަޝްރޫއެއްވެސް ބާރު ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ކަމަށް އަޒާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި