Ads by
ޚަބަރު
ފާރިސްއާއި ރައީސް ޔާމީން ބައްދަލެއް ނުކުރައްވާ, އެއީ ފިތުނަ އުފެއްދުމުގެ ބޭނުމުގައި ފަތުރާ ހަބަރެއް: އިދިކޮޅު

ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ފާރިސް މައުމޫނާއި، ޕީޕީއެމްގެ ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

Ads by Eki Online

ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަޙްމަދު ފާރިސް މައުމޫނާއި ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށެވެ.

“އެއީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައީސް ޔާމީންގެ ތާއީދު އޮތްކަމަށާއި، ދިވެހި އެންމެހާ ރައްޔިތުން ޑރ. މުޢިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަން ހަޖަމު ނުވެގެން ޢާންމު މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގޮ ޚަބަރެއް” އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ޖެހިވަޑައިނުގަތުމަށާއި ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް،  ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ތިއްބެވުމަށް އެ ކޯލިޝަނުން ވަނީ ދަންނަވާފައެވެ.

އަދި ސެޕްޓެމްބަރ 9 ވަނަ ދުވަހުގެ އިންތިޚާބު އެއްބުރުން ޑރ، މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދެއްވުމުގައި އެންމެ ބޭފުޅުންގެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް ވެސް ވަނީ ދަންނަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *