Saturday, 24 October 2026
Ads by

އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް އެއް އިނާޔަތެއް ޑަބަލްކޮށް ނުލިބޭނެ: މުންދު

އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް އެއް އިނާޔަތެއް ޑަބަލްކޮށް ނުލިބޭނެ: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އެއްވެސް އިނާޔަތެއް ޑަބަލްކޮށް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ ”ޕްރެސަ ވިތް ދަ ސްޕޮކްސް“ ގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އެކި އެމްވީ“ ގެ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެ ނޫސްވެރިޔާ މުންދުއާ ކުރި ސުވާލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރާ ފަރާތްތަކެއް ނަމަވެސް އެ ކޮމިޓީތަކުގައި މަސައްކަތް ކުރާ ބައެއް މެންބަރުންނަކީ އިތުރު އެހެން ވަޒީފާތައް ވެސް އަދާކުރާ ބައެއްކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެ ފަދަ ފަރާތްތަކަށް އެ މަސައްކަތް ކުރާ ތަނަކުން ރަމަޟާން މަހުގެ އިނާޔަތް ލިބުން ގާތްއިރު، އަންހެނުންގެ ކޮމިޓީގައި މަސައްކަތް ކުރާތީ ލިބޭ ރަމަޟާން މަހުގެ އިނާޔަތް އެފަދަ މެންބަރުންނަށް ލިބޭނެތޯއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ރަމަޟާން މަހުގެ އިނާޔަތަކީ ރާއްޖޭގައި ވަޒީފާއަދާކުރާ ހުރިހާ ފަރާތްތަކަށް ލިބެންޖެހޭ އެއްޗެއް ކަމަށާއި ނަމަވެސް، އެއްވެސް އިނާޔަތެއް ޑަބަލްކޮށް އެއްވެސް ފަރާތަކަށް ނުލިބޭނެ ކަމަށެވެ. އެކަން އެގޮތަށްވާނަމަ ހެދިފައިވާ ގަވާއިދުތަކަށް ވެސް ފުށޫއަރާ ކަމަށް މުންދު ވިދާޅުވިއެވެ.

”ރަމަޟާން މަހުގެ އިނާޔަތަކީ އަޅުގަނޑު ދެކޭ ގޮތުގައި ހަމަ ރާއްޖޭގައި ވަޒީފާއަދާކުރާ ހުރިހާ އަހުންނާއި އުހްތުންނަށް ލިބިވަޑައިގަންނަވަންވާނެ އެއްޗެއް. ޑަބަލްކޮށް އެއްވެސް ފަރާތަކަށް އިނާޔަތެއް ނުލިބޭނެ، އަޅުގަނޑަށް ހީވަނީ އެއީ މުޅިން އެހެން ގަވާއިދެއްގެ ތެރޭގައި އޮންނަ ކަމެއްހެން. ސަރުކާރުން އެއްވެސް މީހަކަށް ޑަބަލްކޮށް އެއް އިނާޔަތެއް ނުދޭނެ. އޭރުން އެބަ ފުށޫއަރާ ހެދިފައިވާ ގަވާއިދުތަކަށް،“ – މުންދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް އަލަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން މީގެ ކުރިން އަންހެނުންގެ ކޮމިޓީތަކުގެ ސިޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 41،000 ރުފިޔާ އަދި އަތޮޅުތެރޭގެ ރަށްރަށުގެ ރައީސުންނަށް 21،000 ރުފިޔާ ކަނޑައެޅިއެވެ.

ނަމަވެސް މިހާރު ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަކީ 20،000 ރުފިޔާ އަދި އަތޮޅުތެރޭގެ ރަށްރަށުގެ ރައީސުންގެ މުސާރައަކީ 15،000 ރުފިޔާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި