Saturday, 24 October 2026
Ads by

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އެންމެ އިސްވެރިޔާ ޓަލްސީ ގެބަރޑް މަޤާމުން އިސްތިއުފާ ދީފި

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އެންމެ އިސްވެރިޔާ ޓަލްސީ ގެބަރޑް މަޤާމުން އިސްތިއުފާ ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޖާސޫސީ އިދާރާތަކުގެ އެންމެ އިސްވެރިޔާ، ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސްގެ މަޤާމުގައި ހުންނެވި ޓަލްސީ ގެބަރޑް އެ މަޤާމުން އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފިއެވެ.

Ad Image
Ads by

މީސްމީޑިޔާގައި އާންމުކުރައްވާފައިވާ އިސްތިއުފާގެ ސިޓީގައި ގެބަރޑް ވިދާޅުވީ، ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް އިދާރާގެ ޑިރެކްޓަރުގެ މަޤާމުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ރައީސް ޓްރަމްޕް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވި މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އޭނާގެ ފިރިކަލުން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތުމާ ގުޅިގެން، އާއިލާއަށް ވަގުތު ދެއްވުމެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގެބަރޑްގެ އިސްތިއުފާ ޤަބޫލުކުރައްވައި، އޭނާ ކޮށްދެއްވި ފުރިހަމަ ޚިދުމަތަށް ތައުރީފު ކުރައްވައި ޝުކުރު ދަންނަވައިފައެވެ. އަދި އެ މަޤާމަށް އާ ބޭފުޅަކު ޢައްޔަނުކުރެވެންދެން، އެ އިދާރާގެ ދެވަނައަށް އެންމެ އިސްވެރިޔާ އެރޮން ލޫކާސް މަސްޢޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓަލްސީ ގެބަރޑަކީ މީގެ ކުރިން އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް (ކޮންގްރެސް) ގައި 8 އަހަރު ދުވަހު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެން، އޭނާ ވަނީ ރައީސް ޓްރަމްޕަށް ތާއީދުކުރައްވަން ފަށްޓަވައިފައެވެ. ގެބަރޑް ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕަށް ތާއީދުކުރެއްވި އެންމެ ބޮޑު ސަބަބަކީ، ބޭރުގެ ޤައުމުތަކުގައި ކުރާ ބޭކާރު ހަނގުރާމަތަކުގައި އެމެރިކާ ސިފައިން ބައިވެރިކުރުން ހުއްޓުވާނެ ކަމަށް ޓްރަމްޕް ވެވަޑައިގެންނެވި ވަޢުދެވެ.

އިސްތިއުފާގެ ރަސްމީ ސަބަބަކީ އާއިލީ ކަމެއް ކަމަށް ވިޔަސް، ބައެއް ރިޕޯޓުތައް ބުނާގޮތުގައި ގެބަރޑް ހުންނެވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައެވެ. ވަކިން ޚާއްޞަކޮށް، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް އެމެރިކާ ސިފައިން އެ ޤައުމަށް އެރުމާއި، ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަތަކުގެ ސަބަބުން އޭނާގެ ހިތްހަމަނުޖެހުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި