Wednesday, 9 September 2026
Ads by

ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ އައިޖީއެމްއެޗްގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފި

ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ އައިޖީއެމްއެޗްގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފި

މިދުވަސްވަރު ރާއްޖޭގައި ހިމަބިހި (މީސަލްސް) ގެ ކޭސްތައް އިތުރުވަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޚާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފިއެވެ.

Ad Image
Ads by

އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި މި ހެލްޕް ޑެސްކު ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައި (އީއާރު) ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައެވެ. މި ހެލްޕް ޑެސްކުގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ލިބިވަޑައިގަންނަވާނެއެވެ.

ހޮސްޕިޓަލުން އިލްތިމާސްކުރާ ގޮތުގައި، ހުމާއެކު ހަށިގަނޑުގައި ރަތްކުލައިގެ ބިހި ނެގުން ފަދަ ހިމަބިހީގެ އެއްވެސް އަލާމާތެއް ކުޑަކުދިން، ބޮޑެތި މީހުން ނުވަތަ މާބަނޑު މީހެއްގެ ކިބައިން ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ނުވަތަ މި ހެލްޕް ޑެސްކަށް ރިޕޯޓްކުރުން މުހިންމެވެ. ހެލްޕް ޑެސްކަށް ރިޕޯޓްކުރުމުން، އެތަނުގެ މުވައްޒަފުން ބަލިމީހާއަށް ދެން އަމަލުކުރަންވީ ގޮތުގެ ފަންނީ އިރުޝާދު ދޭނެއެވެ.

ރޭގަނޑު 23:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތްތައް ހުރެގެން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތްވެސް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޮޑެތި މީހުންނާއި މާބަނޑު އަންހެނުން މެއިން އެމަޖެންސީ ރޫމްގެ ޓްރިއަޖް ނަރުހަށް އެކަން އެންގުމަށާއި، ކުޑަކުދިން ނަމަ ކުޑަކުދިންގެ އެމަޖެންސީ ރޫމްގެ ޓްރިއަޖް ނަރުހަށް އެކަން އެންގުމަށް ވަނީ އެދިފައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހޮސްޕިޓަލުން އެދެއެވެ. އަދި ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ވަޑައިގަތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ކުޑަކުދިން ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު އެ ކުއްޖެއްގެ ވެކްސިން ކާޑު ގެނައުމަކީ ފަރުވާ ދިނުމުގައި ފަސޭހަވެގެންދާނެ ކަމެއް ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އައިޖީއެމްއެޗްގެ ނަންބަރު 3335335 އަށް ގުޅުއްވުމަށް އެ ހޮސްޕިޓަލުން އިރުޝާދުދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި