Sunday, 26 July 2026
Ads by

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަށް ދައުވާކޮށްފި

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާއަށް ދައުވާކޮށްފި

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އަދި ވީޑީއޯ ވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި ޢަދްލާން--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ދައުވާކޮށްފިއެވެ.

Ad Image
Ads by

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މައްސަލާގައި ހައްޔަރު ކުރި ޢަދްލާންގެ މައްޗަށް ދެ ދައުވާއެއްކޮށް، މިިދިޔަ އަންގާރަ ދުވަހު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއް ނުވަތަ ސްޓޯރޭޖެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން.
  • އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ

މި ދައުވާތައް ސާބިތުވެއްޖެނަމަ ތިން އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ޢަދްލާންގެ މައްޗަށް އަންނާނެއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާ ގުޅިގެން ތަހުގީގުކުރި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ޢަދްލާން ހައްޔަރު ކުރި ނަމަވެސް، އޭގެ ފަހުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ، އޭނާ ހައްޔަރު ކުރީ ބައިނޭންސް އެކްސްޗޭންޖް ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން ކަމަށެވެ.

އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި