Sunday, 27 September 2026
Ads by

އަލީ ޒުބައިރުގެ ފަރާތުން ފެނުނީ މުރާލިކަމާއި ކަމޭހިތުން، ދެއްވި މަޝްވަރާތައް ހަނދާން ނުނެތޭނެ: ރައީސް

އަލީ ޒުބައިރުގެ ފަރާތުން ފެނުނީ މުރާލިކަމާއި ކަމޭހިތުން، ދެއްވި މަޝްވަރާތައް ހަނދާން ނުނެތޭނެ: ރައީސް

ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލީ ޒުބައިރު 61އ އަވަހާރަ ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުގައި ހުންނެވި، އަލީ ޒުބައިރު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަލީ ޒުބައިރުގެ ހިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަމަށެވެ.

އެކުގައި މަސައްކަތްކުރެއްވިއިރު، އަލީ ޒުބައިރުގެ ފަރާތްޕުޅުން ކޮންމެ ދުވަހަކުވެސް ފެނިވަޑައިގެންނެވީ މުރާލިކަމާއި އިހުލާސްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާކަމަށާއި ގާތް އަހެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

”އެންމެންނާ ރަހުމަތްތެރި، އޯގާތެރި މިތުރަކު އަޅުގަނޑުމެންނާ ވަކިވެ ދިއުމުގެ ހިތާމަ އިހްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި އާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ތަނަވަސް ރަޙްމަތުގައި މަރްހޫމް އަލީ ޒުބައިރު ލަހައްޓަވާށި. ދަރުމައާއި ސަވާބު އިތުރުކޮށްދެއްވާށި. އާމީން“ ރައީސްގެ ޕޯސްޓުގައިވެއެވެ.

މަހްރޫމް އަލީ ޒުބައިރުގެ ޖަނާޒާ ވަނީ މިއަދު ހުކުރު ނަމާދަށް ފަހުގައި އާސަހަރާގައި ބާއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި