Sunday, 27 September 2026
Ads by

މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތެރިޔާ ޒުބައިރު އަވަހާރަވެއްޖެ

މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތެރިޔާ ޒުބައިރު އަވަހާރަވެއްޖެ

މާލެ ސިޓީ ކައުންސިލަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދި ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލީ ޒުބައިރު 61އ އަވަހާރަވެއްޖެއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުގައި ހުންނެވި، އަލީ ޒުބައިރު ވަމީ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ހޭދަކުރައްވާފައެވެ.

އަލީ ޒުބައިރުގެ ޖަނާޒާ ވަނީ މިއަދު ހުކުރު ނަމާދަށް ފަހުގައި އާސަހަރާގައި ބާއްވައިފައެވެ.

އަލީ ޒުބައިރު ދައުލަތަށް ހިދުމަތް ކުރުމުގެ ދިގު ދަތުރު ފެށުނީ 1982 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މާލެ މުނިސިޕަލްޓީންނެވެ. އެގޮތުން 1984 އާ ހަމައަށް އެ އިދާރާގައި މަސައްކަތް ކުރެއްވުމަށްފަހު، 1984 އިން 1990 އަށް މުނިސިޕަލްޓީގެ ސެކްރެޓަރީއެއްގެ މަގާމު ފުރުއްވިއެވެ. އޭގެ ފަހުން 1990 އިން 1994 އަށް ސީނިއާ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު، 1994 އިން 1996 އަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

މީގެ އިތުރުން ދައުލަތުގެ އޮނިގަނޑަށް އަންނަމުންދިޔަ ބަދަލުތަކާއެކު، 1996 އިން 1999 އަށް މޯލްޑިވްސް ހައުސިން އެންޑް އރބަން ޑިވެލޮޕްމަންޓް ބޯޑުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، 1999 އިން 2002 އަށް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ. އަދި 2002 އިން 2006 އަށް އެ ތަނުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވިއެވެ.

އަލީ ޒުބައިރު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި