Saturday, 24 October 2026
Ads by

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 20،000 ރުފިޔާ، ރަށްރަށުގައި 15،000 ރުފިޔާ

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 20،000 ރުފިޔާ، ރަށްރަށުގައި 15،000 ރުފިޔާ

ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 20،000ރ. އަށް އަދި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ރައީސުންގެ މުސާރަ 15،000ރ. އަށް ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

Ad Image
Ads by

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މުސާރަ، ޕޭ ކޮމިޝަނުން ކަނޑައަޅާއިރު، އެންމެ ފުރަތަމަ ނިންމީ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް މަހަކު 41،000ރ. ދިނުމަށާއި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް 21،000ރ. ދިނުމަށެވެ.

އެ ނިންމުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ފަހުން ސިޓީ ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 31،000ރ އަށްވެސް ކުޑަކުރަން ނިންމިއެވެ.

ނަމަވެސް ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ސިޓީތަކާއި ރަށްރަށުގެ މުސާރަ އޮޮނިގަނޑަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ކޮމެޓީ:

ރައީސް: މަހަކު 20,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާ އެކު)

ނައިބު ރައީސް: މަހަކު 7,000ރ. (މުސާރަ އާއި ލިވިން އެލަވަންސާއެކު

)މެމްބަރުން: މަހަކު 6,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)

ރަށު ކައުންސިލްތަކުގެ އަންހެނުންގެ ކޮމެޓީ:

ރައީސް: މަހަކު 15,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު

)ނައިބު ރައީސް: މަހަކު 6,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)

މެމްބަރުން: މަހަކު 5,000ރ. (މުސާރަ އާއި ލިވިން އެލަވަންސްއާއެކު)

މީގެ އިތުރުން، ކޮމެޓީގެ ނައިބު ރައީސުންނާއި މެމްބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ސިޓިން އެލަވަންސެއް ދިނުމަށް ނިންމާފައިވާއިރު  މި އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ދެވޭނީ 2,000ރ. އެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި