އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ކުރާ ހަނގުރާމައިގެ މައިގަނޑު މަޤުޞަދަކީ އީރާނަށް ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު ނުދިނުންކަން ތަކުރާރުކޮށްފައެވެ.
Trump vows US will retrieve, "destroy" Iran's enriched uranium #WorldNow pic.twitter.com/jZtpXXiXJx
— CGTN (@CGTNOfficial) May 22, 2026
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ވައިގެ ޙަމަލާތަކުން ސަލާމަތްކުރުމަށް އީރާނުން ބިމުގެ އަޑީގައި ފޮރުވާފައިވާ 900 ޕައުންޑުގެ ޔުރޭނިއަމް ސްޓޮކް އެމެރިކާ ސިފައިން އަތުލައި، އެތަކެތި ނައްތާލާނެ ކަމަށެވެ. މިއީ ސުލްޙައިގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، އީރާނަށް އިތުރު ޕްރެޝަރު ކުރުމަށް އެމެރިކާއިން ދިން ވަރުގަދަ އިންޒާރެކެވެ.













