Wednesday, 9 September 2026
Ads by

އޭޝިއަން ޓެލެކޮމް އެވޯޑު ދިރާގަށް

އޭޝިއަން ޓެލެކޮމް އެވޯޑު ދިރާގަށް

އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ވަނީ ލިބިފައި - ފޮޓޯ:ދިރާގު

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އަށް ލިބިއްޖެއެވެ.

Ad Image
Ads by

އޭޝިއަން ޓެލެކޮމް އެވޯޑްސްއަކީ މި ސަރަޙައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިރާގަށް މި ލިބުނު އެވޯޑަކީ ދިވެހިރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ޤައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްޤީ ކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.

”އޭޝިއަން ޓެލެކޮމް އެވޯޑްސް 2024 ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. މި ކާމިޔާބީން ހާމަވެގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަރނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. އަދި މި ފުރުސަތުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު ފާހަގަކޮށް، އަޅުގަނޑުމެންގެ ނެޓްވަރކްގައި ތިއްބެވިކަމަށްޓަކައި ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން،“ – ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢިލް ރަޝީދު

ދިރާގުން ވަނީ މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ 94 އިންސައްތަ ގޭބީސީއަށް ފައިބަރ-ޓު-ދަ-ހޯމް އިންޓަރނެޓުގެ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން ދިރާގުން މިހާރު ވަނީ 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށް ފޯރުކޮށްދީފައެވެ. ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުންޏެވެ.

މިދިޔަ ހަފުތާގައި ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން ’ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް‘ ގެ އެވޯޑު ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑު ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި