Wednesday, 9 September 2026
Ads by

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް: ރަސްމާލެއާއެކު މުޅި ރާއްޖޭގައި އުމްރާނީ ބޮޑު އިންގިލާބެއް!

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް: ރަސްމާލެއާއެކު މުޅި ރާއްޖޭގައި އުމްރާނީ ބޮޑު އިންގިލާބެއް!

ރައީސް ޑރ. މުޢިއްޒު ހައުސިން މިނިސްޓަރ މުއްތަލިބާއި ސަރުކާރުގެ ބައެއް އިސްވެރިންނާއިއެކު، ރަސްމާލެ މަޝްރޫޢު ހިނގަމުންދާގޮތް ބައްލަވާ ލައްވަނީ..

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށްޓަކައި ބިން ހިއްކުމާއި ގެދޮރު އެޅުމުގެ ބިޔަ މަޝްރޫޢުތައް ހުއްޓުމެއްނެތި ބާރުމިނުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކަށް ގެދޮރު އެޅުމަށް ބޭނުންވާ ހައުސިންގ ލޯނު ދޫކުރުމުގެ މަސައްކަތްވެސް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަމުގެ ލޯނު ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުމްރާނީ ތަރައްޤީގެ ދާއިރާއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި، ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 1,100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެ ތެރޭގައި ރަސްމާލެ މަޝްރޫޢުން އެކަނިވެސް 500 ހެކްޓަރު ހިއްކާފައިވާއިރު، ރާއްޖޭގެ 21 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ:

  • ކުރީ ސަރުކާރުން ފަށާފައިވާ 4,000 ފްލެޓް ނިންމައި ޙައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން.
  • މާލެ ސަރަހައްދުގައި އަލަށް 2,000 ފްލެޓް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާކަން.
  • އަތޮޅުތެރޭގެ 13 ރަށެއްގައި 900 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާކަން.
  • އިންޑިއާގެ އެހީގައި 4,000 ޔުނިޓް އަދި ޗައިނާގެ އެހީގައި 500 ޔުނިޓް އެޅުމުގެ އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ހިނގަމުންދާކަން.

ގޯތި ދޫކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ބިން ނުހިއްކާ ހުރި ތަންތަނުން ގޯތި ދޫކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން ރައްޔިތުންނަށް ގޯތި ހަވާލުކުރާނީ ބިން ހިއްކައި، އެތަންތަނަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ފެންވަރަށް ތަރައްޤީ ކުރުމަށްފަހު ކަމަށެވެ. މިގޮތުން ހުޅުމާލެ ފޭސް 3، ގިރާވަޅުފަޅު އަދި ގުޅީފަޅުން ބިން ހިއްކުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ، ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ ޙައްޤު ކަމުގައިވާތީ، އެ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމަށް މިއަންނަ އަހަރުވެސް އިތުރު އައު މަޝްރޫޢުތައް ރާވައި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު